06 Dec 2020, 09:32
ކުޅުދުއްފުށީގައި މިހާރު ކުރިއަށް ގެންދާ ޑަބްލިއުއެސްއޭ ހޭންޑްބޯލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އަންހެން ޑިވިޝަނުން ފެމިލީ ބޭކާސް އާއި ފިރެހެން ޑިވިޝަނުން ނިއުއޭއެސްސީ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އެ ދެ ޓީމުވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައި ވަނީ ގްރޫޕް ސްޓޭޖުގައި އެ ދެ ޓީމް އިއްޔެ ކުޅުނު އެންމެ ފަހު މެޗުތައް ކާމިޔާބު ކޮށްގެނެވެ. އެގޮތުން އަންހެން ޑިވިޝަންގައި އިއްޔެ ހަވީރު ފެމިލީ ބޭކަރސް، ޝޭޑް އާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމު ކާމިޔާބުކޮށްފައި ވަނީ 14-4 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެމިލީ ބޭކާސްގެ ފާތިމަތު ނިއުޝާ އެވެ.
ފިރެހެން ޑިވިޝަންގައި އިއްޔެ ރޭ ނިއުއޭޖެއެސްސީއާ ދެކޮޅަށް ކުޅެފައި ވަނީ ޓީމް އަލްފާ އެވެ. އެ މެޗު ނިއުއޭޖް ކާމިޔާބު ކުރީ 7-6 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުއޭޖްގެ މާހީ އަބްދުﷲ އެވެ. އެ ނަތީޖާއާއެކު ފެމިލީ ބޭކަރސް މުޅިއަކު 12 ޕޮއިންޓާއެކު ގްރޫޕް އެކްސްގެ ތާވަލްގެ އެއްވަނަ ހޯދާފައި ވާއިރު، ނިއުއޭޖް ވަނީ 9 ޕޮއިންޓާއެކު ގްރޫޕް އޭގެ ތާވަލްގެ އެއްވަނަ ހޯދާފަ އެވެ.
އެ ދެ މެޗުގެ އިތުރުން އެ މުބާރާތުގައި އިއްޔެ ހަވީރު އަންހެން ޑިވިޝަންގައި ފަޔަރ ބާޑްސް އާއި ޔުނީކް ފްރެންޑްސް ބައްދަލުކުރި މެޗު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަޔަރ ބާޑްސްގެ ރަޝްފާ މުހައްމަދު އެވެ.
އަދި އެ މުބާރާތުގައި ރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗުގައި ޓީމް ސްޓަރ އާއި ރަނިކަ ބައްދަލުކޮށް، 12-4 ގެ ނަތީޖާއަކުން ރަނިކަ މެޗު ކާމިޔާބު ކުރިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަނިކަގެ ފާތިމަތު މުހައްމަދު އެވެ. އަދި ފިރެހެން ޑިވިޝަންގައި ރޭ މާލިން އާއި ޒިގްޒެގް ބައްދަލުކުރި މެޗު 12-8 ގެ ނަތީޖާއަކުން ޒިގްޒެގް ކާމިޔާބު ކުރިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒިގްޒެގް ގެ ސައުދުﷲ ނައީމް އެވެ.
މުޅިއަކު 16 ޓީމާއިއެކު ކުރިއަށް ގެންދާ އެ މުބާރާތުގެ ސެމީފައިނަލް މެޗުތައް އޮންނާނީ ރޭގަނޑު 8:00 އިން 11:00 އަށެވެ. އެގޮތުން އަންހެން ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ފެމިލީ ބޭކަރސް އާއި ފައިވް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ނޮޅިވަރަމް އަދި ރަނިކަ އެވެ. އަދި ފިރެހެން ޑިވިޝަންގައި ނިއުއޭޖް އާއި ޒިގްޒެގް ގެ އިތުރުން، ފެމިލީ ބޭކާސް އާއި ޓީމް އަލްފާ ބައްދަލުކުރާ ސެމީފައިނަލް މެޗުވެސް މެޗުތައް މިރޭ ކުޅޭނެ އެވެ.