މިއަދު ރާއްޖެއިން 16 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 21 ކޭސްގެ މަދުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވީ 37 މީހަކެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރޭ އިރުއޮއްސި 6:00 އިން މިރޭ އިރުއޮއްސި 6:00 އަށް 2،012 ސާމްޕަލް ނަގާފައިވެއެވެ.

މާލެ ސަރަހައްދުން ނުވަ މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ފަސް މީހަކު ޕޮޒިޓިވްވިއެވެ. އަދި ރިސޯޓުތަކުން ދެ މީހަކު ޕޮޒިޓިވްވިއެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،159 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 65 އެވެ. ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 12،264 އެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 841 އެވެ. އޭގެ ތެރެއިން 79 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ، 47 އެވެ.

އެޗްޕީއޭ އިން މިރޭ ވަނީ، އަންނަ މަހު ހަތަރަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައެވެ.