04 Dec 2020, 19:04
ހަތިޔާރާއެކު އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ހުޅުމާލޭ އިރުމަތީ ފަރާތުން ބޭރުގައި ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ހަތިޔާރާއެކު އަސްކަރީ ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް މޭލު ބޭރުން ކަމަށެވެ.
އެ ތަމްރީނުތައް ކުރިއަށް ގެންދާނީ މި މަހުގެ ހަޔަކާއި ހަތެއްގެ އިތުރުން 13 އަދި 14 ވަނަ ދުވަހުގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ އެ ތަމްރީނު ކުރިއަށްދާނީ ހެނދުނު 0600 އިން ފެށިގެން 1800 އާ ހަމައަށް ކަމަށެވެ.
އެ ތަމްރީނު ތަކުގައި ހަތިޔާރާއި ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.
އެ ތަމްރީނު ތަކުގައި ބޭނުންކުރާނީ މެޝިން ގަން ފަޔަރިންގެ ހިދުމަތްކަމަށާއި ވައިގެ ސަރައްދުން ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5،000 މީޓަރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އޭގެއިތުރުން ވައިގެ ސަރަހައްދުން އެންމެ އުސްމިނަށް ބޭނުންކުރާނީ 100 މީޓަރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.