މާލޭގެ މަގެއްގައި ދުއްވަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.

މިރޭ 19:10 އެހާކަންހާއިިރު ގައުމީ ޔުނިވާސިޓީގެ ދަނާލު ކައިރިން، ދުއްވާފައި ދަޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފްއިން ބުނީ އެކަމުގެ ރިޕޯޓު ލިބުމުން ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެ 19:18 އެހާކަންހާއިރު އެ އަލިފާންގަނޑު ނިއްވާލި ކަމަށެވެ.

ހާދިސާގައި ރޯވީ ކާރުގެ އިންޖީނުގަ އެވެ. ބޮޑަށް އަލިފާން ރޯވެ އެނދީވެސް ކާރުގެ ކުރިމަތީ ފަރާތުގަ އެވެ.

ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި -- ފޮޓޯ/ އެމްއެންޑީއެފް

އެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.