ރާއްޖޭގެ ސްކޫލްތަކުގެ ކުދިންނަށް ނިމިގެން ދިޔަ ޓާމްގެ ރިޕޯޓް ފޮތް ދިނުމުގެ ހަފްލާތައް ޑިޖިޓަލްކޮށް ބާއްވާ ދަރިވަރުންނަށް މިއަދުން ފެށިގެން ސްކޫލްތައް ބަންދުކޮށްފި އެވެ.

މިފަހަރުވެސް ދަރިވަރުންނަށް ރިޕޯޓް ކާޑު ދޫކުރީ ޑިޖިޓަލްކޮށް މީމިސް ޕްލެޓްފޯމް މެދުވެރިކޮށެވެ. އަދި ރިޕޯޓް ފޮތް ދިނުމުގެ ހަފްލާތައް ބޭއްވީ އޮންލައިން ޕްލެޓް ފޯމްތަކުގަ އެވެ.

ޗުއްޓީއަށް ފަހު ދެން އަލުން ސްކޫލްތަކުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހު އެވެ.

ނަމަވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފެށޭނީ އަންނަ އަހަރުގެ ދެވަނަ ޓާމްގަ އެވެ. އެއީ އަންނަ އަހަރުގެ އޮގަސްޓު މަހު 10 ވަނަ ދުވަހު އެވެ. އެއީ މިއަހަރު ސްކޫލްތަކުގެ ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެންނެވެ.

ކޮރޯނާވައިރަހާ ގުޅިގެން މިދިޔަ މާޗް މަހުން ފެށިގެން ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތެވެެ. ނަމަވެސް ފުރަބަންދަށް ފަހު ޖުލައި މަހު ރަށްރަށުގައި އަލުން ސްކޫލްތައް އަލުން ހުޅުވި އެވެ. ނަމަވެސް މާލޭގައި ސްކޫލްތައް ހުޅުވީ ހަމައެކަނި މަތީ ގްރޭޑްތަކަށް އެކަންޏެވެ. އަދި ދަށު ގްރޭޑްތަކަށް މާލޭގައި ކިޔަވައިދިނީ އޮންލައިންކޮށެވެެ.