03 Dec 2020, 13:47
ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ސީދާ ވަކި ތާރީހެއް ކަނޑައެޅިފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ ސަލްމާން މިސްކިތުގެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި ކޮވިޑް19ގެ ހާލަތު ކުރިމަތިވީ މިސްކިތް ހުޅުވުމާ ގުޅޭގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކަމުން ދަނިކޮށް ކަމަށެވެ.
އެންމެ ފުރަތަމަ އެ މިސްކިތް ހުޅުވަން ރޭވީ މިއަހަރުގެ މާޗު މަހުގަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މިނިސްޓްރީން ވަނީ އެ ތާރީހު ފަސްކޮށްފަ އެވެ.
ސަލްމާން މިސްކިތް ހުޅުވާނެ ވަކި ތާރީހެއް އަދިވެސް ކަނޑައެޅިފައިނުވާއިރު، އައު ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ސައުދީ ސަރުކާރާ ވާހަކަ ދައްކައިގެން ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ހަތަރުހާހެއްހާ މީހުންނަށް ނަމާދު ކުރެވޭ އެ މިސްކިތް އެޅުމަށް ހަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީ އިން ދިނީ 14.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.