Last Updated: 1 decade 4 year ago
ބުލޮގު ޚުލާސާ
ސަރުކާރާމެދު ސާބިތު ނުހިފޭ ވާހަކަތައް ދައްކާ ކަމަށް ބުނެ ބައެއް ސިޔާސީ ބޭފުޅުން ފުހަށް ހާޒިރު ކުރުމާއި ތަހުގީގަށް ބަންދު ކުރުމާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާ ގުޅިގެން މީގެ ހަފުތާއެއްހާ ދުވަސް ކުރިން މާލޭގައި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ފަށާފައިވާ މުޒާހަރާ މިރޭ ވެސް 9:30 ގައި އެމްއެމްއޭ ސަރަހައްދުން ފަށައިފި އެވެ.
އަލްހާން ފަހުމީ، ހަރުގެއިން: ފުލުހުން މިރޭ އެމްޑީޕީ ހަރުގެއަށް ވަދެ، އަމަލުކޮށްފައި ވަނީ އަދި ފުލުހުން މިރޭ އެމްޑީޕީގެ އެއްވުން ގަނޫނާ ހިލާފަށް އެކަމާމެދު ފިޔަވަޅު އަޅަން ޖެހިއްޖެއް ފިޔަވަޅުވެސް އަޅާނެ.
މަހުލޫފް އެސްއެމްއެސް މެދުވެރިކޮށް: ސަރުކާރުން އެމްއެންބީސީ ހިސޯރުކޮށްގެން އުޅޭ އިރު އިދިކޮޅު ފަރާތްތަކުން ސުލްހަވެރިކަމާ އެކު ޝުއޫރުފާޅުކުރުމަށް އެމްއެންބީސީ ދޮށައް އެއްވުމަކީ އެމްޑީޕީ މީހުން ނިކުމެ ހަމަލާދޭންޖެހޭނެ ކަމެއް ނޫން. ލަޓި ބުރިއާއި ވަޅި ފަދަ ހަތިޔާރުދީ އެމްޑީޕީ އެކްޓިވިސްޓުން ރައްޔިތުންނަށް ހަމަލާދޭން ނެރުމުން އެކަމާ ހިތާމަކުރަން.
ފުލުހުންނާއި ސިފައިންގެ އިތުރުން އެމްޑީޕީ މީހުން ވެސް ވަޅިއާ ލައްޓިބުރި ދީފައި ނެރެ ރައްޔިތުންނަށް ހަމަލާދީފައި ވާތީ އެކަން ކުއްވެރިކުރަން،
މިހާރު މުޅި ސަރައްދު ކޮންޓްރޯލް ކުރަނީ ސިފައިން. އެހިސާބުން ދެންމެ ވަނީ ހަތަރު މީހަކު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައި.
ފުލުހުންނާއި ސިފައިން ގެންދަނީ ހަރުގެ ސަރަހައްދު ސާފުކުރަން މަސައްކަތް ކުރަމުން ހިސާބަކަށް ދެންމެވެސް ވަނީ މީހުން ހައްޔަރުކޮށްފައި. އަދިވެސް އިތުރު ސިފައިން އަންނަމުން އެބަދޭ. އިދކޮޅު މީހުންނާއި އެމްޑީޕީގެ ކުރިމަތިލުމުގައި އެމްއެންބީސީގެ ރިޕޯޓަރަށް އަނިޔާ ކުރި ކަމަށް މަންޒަރު ދުށް މީހުން ބުނަނީ އެއީ ހަރުގައިން ނުކުތް ބައެއް ކަމަށް
ފުލުހުން ވަނީ ހަރުގެ ސަރަހައްދު ބަންދުކޮށްލާފައި. އެ ސަރަހައްދަށް ނޫސްވެރިން ވެސް ވަނުން ވަނީ މަނާކޮށްފައި. ދާދިދެންމެއަކު އިދިކޮޅު މުޒާހަޜާގެ ތެރެއިން ބުރުޒު މަގަށް ދިޔަ މީހުންގެ ތެރެއިން ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައި. އެމީހާ ހައްޔަރު ކުރީ ފަހާ ދުވެ ގޮސް
ހަރުގެ ސަރަހައްދުން އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ މީހުން ކުރިމަތި ލުމަށްފަހު ހިނގައި ދިޔަ ހަމަނުޖެހުންތައް ފުލުހުން މައިތިރިކުރިއިރު މުޒާހަރާގެ ބައިވެރިން ވަނީ އެކި ސަރަހައްދުތަކަށް ގޮސް ގެއްލިފައި. ހަމަނުޖެހުމުގެ ތެރޭގައި ކަރަންޓްޖެޙޭ ވައްތަރެއްގެ މުގުރެއް އެމްޑީޕީގެ އެކްޓިވިސްޓުން ބޭނުން ކުރި ކަމަށް މީހުން ބުނޭ. އެމްއެންބީސީގެ ރިޕޯޓަރަށް ހަމަލާ ދިނީ ހަރުގެއިން ނުކުތް ބަޔަކު ވީޓިވީގެ ރިޕޯޓަރެއް ކަމަށް ހީކޮށް ކަމަށް ވެސް ބުނޭ. އެމީހުން ވަނީ އޭނާ ވައްޓާލައިގެން ލަޓިބުރިތަކުން ތަޅާފައި ކަމަށް ވެސް ބައެއް މީހުން ބުނޭ
ހަމަނުޖެހުންތައް އަދިވެސް ދަނީ ކުރިޔަށް ގަލާއި ފުޅިއާއި ލަޓިބުރިވެސް ބައެއް ދިމަ ދިމާއިން އުކަމުން ދަނީ. ހަރުގެ ސަރަހައްދުގައި ބޮޑުތި ހަމަނުޖެހުންތައް ހިނގަނީ. ބައެއް މީހުން އަނެއްކާވެސް ވަނީ ހައްޔަރުކޮށްފައި. އެމްއެންބީސީގެ ޖާނަލިސްޓު ފުލުހުން ނަގާފައި ވަނީ ބިންމައްޗަށް ވައްޓާލާފައި އޮއްވާ.
އެމްއެންބީސީގެ ރިޕޯޓަރު ނައުޝާދަށް ވަަނީ އަނިޔާވެފައި. އަދިވެސް ބައެއް މީހުންނަށް ކުދިކުދި އަނިޔާތައް ވަނީ ވެފައި. އަދިވެސް ބައެއް ކަހަލަ ކުދި ހަމަނުޖެހުންތައް ދަނީ ހިނގަމުން
އިދިކޮޅު މުޒާހަރާގެ ބައިވެރިންނާއި އެމްޑީޕީގެ ހަރުގެއިން ނުކުތް މީހުންގެ ތެރޭގައި ވަނީ ހަމަނުޖެހުންތައް އުފެދިފައި ވަރަށް ގިނަ ބަޔަކު އަތަށް ލަޓިބުރި ހިފައިގެން ވެސް އެބައުޅޭ.
އެމްއެމްއޭ ސަރަހައްދުގައި އިދިކޮޅު މީހުނާ އެމްޑީޕީން ވަނީ ކުރިމަތި ލުމެއް ހިނގާފައި. އޭގެ ތެރެއިން މީހެއްގެ އަތުން ފުލުހުން ވަނީ ވަޅިއެއް ވެސް އަތުލާފައި.
އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ އަމީނީ މަގުގައި. އިދިކޮޅު ފަރާތަކުގެ މުޒާހަރާ ޕިކަޕްގެ ތެރެއަށް މަތިން އެއްޗެހުިތަކެއް އުކައިފި.
އަމީނީ މަގުން
އެމްޑީޕީގެ އެކްޓިވިސްޓުން އެމްއެމްއޭ ކައިރިއަށް އެއްވެޖެ، މީގެ އިރުކޮޅެއް ކުރިން ރީކޯ މޫސާ މަނިކު ވިދާޅުވެފައި ވަނީ ދެން ކޮންމެ ރެއަކު އެމްޑީޕީން އެމްއެމްއޭ ކައިރިއަށް އެއްވާނެ ކަމަށް. އެ ސަރަހައްދުގައި އެމްޑީޕީން ގޮވަލަމުންދަނީ އަދުލު އިންސާފު ގާއިމު ކުރުމަށް އިސްކޮށް ހުންނެވީ ރީކޯ މޫސާ މަނިކު
ޖޭއެސްސީ ކައިރިއަށް އެއްވި އެމްޑީޕީ މީހުންނަށް ފުލުހުން އިންޒާރު ދޭން ފެށުމާއެކު އެ ސަރަހައްދު ދޫކޮށް އަނެއްކާވެސް ހަރުގެއަށް ނައްޓާލައިފި. އެ ސަރަހައްދުގައި ހަމަނުހުމެއް ނުހިނގާ،
މީގެ ފަހުން ކޮންމެރެއަކު އެމްޑީޕީން ވެސް ކޮންމެ ރެއަކު އެމްއެމްއޭ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރާނެ ކަމަށް ރީކޯ މޫސާ މަނިކު ޖޭއެސްސީ ކައިރިގައި ގޮވާލައްވައިފި. މިވަގުތު ވެސް މުޒާހަރާ ކުރަނީ.
ޖޭއެސްސީ ސަރަހައްދަށް އެއްވި އެމްޑީޕީ މީހުންގެ ތެރެއިން މިހާރު ވާހަކަ ދައްކަވަނީ ރީކޯ މޫސާ މަނިކު، އޭނާ ވިދާޅުވަނީ އަބްދުﷲ ގާޒީގެ މައްސަލަ މިރެއިން މިރެއަށް ނިންމައި ދިނުމަށް، ފުލުހުން ވަނީ ތައްޔާރީ ހާލަތުގައި.
ހައިކޯޓް ކައިރީގައި ތިބެ އެމްޑީޕީގެ އެކްޓިވިސްޓުން މުޒާހަރާ ފަށާއިފި. ލޯޑް ސްޕީކަރުތައް ހިފައިގެން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުން. އެ ސަރަހައްދުގައި ވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ
ބުރުޒު މަގަށް ނުކުމެ އައިޖީއެމްޗާ ދިމާއަށް ދަތުރުކުރަނީ، ވަރަށް ދަންގަޑިއަކަށްވާތީ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށް ވެސް ގޮވާލަމުން އެބަދޭ.
އެމްޑީޕީގެ ހަރުގެއިން ނައްޓާލި ޕިކަޕް ގޮސް ސުޕްރީމް ކޯޓު ސަރަހައްދަށް މަޑުކޮށްފި، ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްލާފައި
މާވެޔޮ މަގުން ކުރިޔަށް ދަނީ މުޒާހަރާގެ ބައިވެރިން މިހާރު ގޮވަމުން ދަނީ އެނައުންސްމަންޓެއް. އޭގައި ބުނަނީ މާދަމާރޭ ބާއްވާ ޖައްސާ އާޓީފިޝަލް ބީޗުގައި ބާއްވާނެ ކަމަށް. އަދި އިދިކޮޅު ހުރިހާ ޕާޓީތަކެއް އެ ޖަލްސާގައި ބައިވެރިވާނެ ކަމަށް ވެސް ގޮވާލަމުން އެބަދޭ.
ޝުއޫރުތަައް ފާޅު ކުރަމުން މާވެޔޮ މަގަށް މުޒާހަރާގެ ބައިވެރިން ދެންމެ ވަނީ ނުކުމެފައި. ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށާއި އަބްދުﷲ ގާޒީ މިނިވަން ކުރުމަށް ދަނީ ގޮވާލަމުން
ސައިކަލްތަކުގަ އާއި ބައެއް މީހުން ހިނގާފައި ސުޕްރީމް ކޯޓު ކައިރިއަށް ދާން ހިނގައިގެންފި. ޖޭއެސްސީގެ ބައްދަލުވުމެއް ހިނގަމުންދާ ކަމަށް ވެސް ބުނޭ.
މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ހިލާލީގެއާ ހަމައިގައި މުޒާހަރާގެ ބައިވެރިން މިހާރު ގޮވާލަމުން ދަނީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މުޒާހަރާއާ ބައިވެރިވެ ވަޑައިގަތުމަށް އަވަހަށް ނުކުންނެވުމަށް. މީހުން ވަރަށް ބޯ. މަގުމަތީގައި ކުޅި ބަލާ މީހުން ވެސް ވަރަށް ގިނަ
ރީކޯ މޫސާ މަނިކު އިސްކޮށް ހުންނަވައިގެން ސުޕްރީމް ކޯޓު ދޮށަށްދާން އެމްޑީޕީ ހަރުގެއިން ބަޔަކު ނައްޓާލައިފި. ސުޕްރީމް ކޯޓު ދޮށަށް ދިއުމަށް ޕިޕަކެއްގައި ގޮވަމުން އެބަދޭ.
މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެއް، ކުރިން މުޒާހަރާ ކުރި ސަރަހައްދުގައި ބައެއް ނޫސްވެރިންނާއި ފުލުހުން ނޫން ބައެއް މިހާރަކު ނެތް.
އަޅުގަނޑުމެން މިތިބީ މިކަން ހުއްޓާ ގޮތަކަށް ނޫން. އަޅުގަނޑުމެން މިނުކުތީ މާލެ ތެރެއަށް ދާދިމާއެއް ބުނާކަށް ބޭނުމެއް ނޫން،
މިހާރު މުޒާހަރާގެ ބައިވެރިން ޕިކަޕާއެކު މަޑުމަޑުން މަސް މާރުކޭޓާ ހަމައަށް ހިނގައްޖެ، ފުލުހުން މުޒާހަރާ ރޫޅައިލައިފާނެ ކަމުގެ އިޝާރާތެއް ނުފެނޭ. މީހުންތައް ފަހަތަށް ޖެހެމުން ދިޔަ ނަމަވެސް ފުލުހުންގެ ސަފުތައް އޮތް ގޮތަށް އެބަތިބި
މުޒާހަރާގެ ބައިވެރިން ސަރަހައްދު ދޫކޮށް އެހެން ދިމާއަކަށް ދިއުމަށް މަސައްކަތް ކުރާ ކަމުގެ އިޝާރާތް ފެނޭ. ޕިކަޕްވެސް ފަހަތަށް ޖައްސަނީ. ފުލުހުން ވެސް ވަނީ ހަރަކާތްތައް އަވަސްވެފައި މުޒާހަރާގެ ބައިވެރިން ދާން އުޅޭ ތަނެއް އަދި އިއުލާނެއް ނުކުރޭ
ގާސިމް އިބްރާހިމް މުޒާހަރާގައި: އަބްދުﷲ ގާޒީ ވަގުތުން މިނިވަން ކުރުމަށް ގޮވާލަން. އެހެން ނޫންމަ ވަރަށް ނަހަމަ ގޮތްތަކެއް މެދުވެރިވެދާނެ. އަޅުގަނޑުމެން ގާނޫނީ ހުދޫދުގެ ތެރެއިން ސަރުކާރަށް ވާހަަވެސް ދަންކަން ޖެހޭނެ އެއީ އަޅުގަނޑުގެ އާދޭހަކީ. ބަޑި ޖައްސައިގެން ކަން ކުރުމަކީ ކަންކަން ވާނެ ގޮތެއް ނޫން. މިއަދުވެސް އަޅުގަނޑު މިއައީ ގާނޫނީ ހުދޫދުގެ ތެރެއިން ހައްލެއް ފެނޭތޯ މަސައްކަތްކޮށްފައި. ރައްޔިތުން ވަމުން މިދަނީ ބޮޑު ޖިހާދެއް ގުރުބާނެއް، ގާނޫނީ ހުދޫދުގެ ތެރޭގައި. މުދަލަށާ ޖާނަށް މާލަށް ގެއްލުން ދީގެން ނުވާނެ. އޭރުން އުޖާލާ ވާނީ. ގާނޫނީ ވާހަކަތަކެއް ދައްކަން ބޭނުން ވަނީ. ލޭކެކޭ ޖޯޝް ހުރި ވާހަކަތަކެއް ދައްކާކަށް ބޭނުމެއް ނޫން. ރާއްޖޭން ބޭރުގައި އުޅެފައި މިއައީ ވަރުބަލި ކަމާއެކު މި ޖިހާދުގައި ބައިވެރިވާން. ބޭރުން ގެންނަ ފަނޑިޔާރުންނަކަށް ކޯޓުތަކުގެ ފަނޑިޔާރުކަމެއް ނުދެވޭނެ. އެކަން ދެވޭނީ އަޅުގަނޑުމެންގެ އުސްތާޒުންނާ އާލިމުންނަށް
އަޅުގަނޑު ދަންނަވާނަލަން ބޭނުން ވަނީ ޗީފް އޮފް ޑިފެންސް ފޯހަށް ތިހެން ނުހައްދަވާށޭ، އަވަހަށް އަބްދުﷲ ގާޒީ މިނިވަން ކޮށްދެއްވާށޭ
ގާސިމް ވެސް ދާދިދެންމެއަކު ވަނީ މުޒާހަރާއާ ގުޅިވަޑައިގެންފައި މުޒާހަރާގެ ބައިވެރިން ގާސިމަށް މަރުހަބާ ކިޔައިފި.
އަންނަ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުން އެމްޑީޕީ ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ މައި ހަރުގޭގެ "ތިޔަހަނެއް ނުކިޔޭނެ" ސިލްސިލާ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ.
ފަޅުތެރޭގައި އޮތް ދޯންޏެއްގެ ތެޜޭގައި ލަކުޑިބުރިތަކެއް އެބަހުރި ކަމަށް މަދަނީ އިއްތިހާދުގެ ނާއިބު ރައީސް އަބްދުﷲ މުހައްމަދު މުޒާހަރާގައި ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ސަމާލުވެ ތިބުމަށް. މިހާރު ވާހަކަ ދައްކަވަނީ އިމާދު ސޯލިހު
ޑރ. މުހައްމަދު ޖަމީލް އަހުމަދު، މުޒާހަރާގައި: އަޅުގަނޑުމެން މިކުރާ ގައުމީ މަސައްކަތަށް އަޅުގަނޑު ސާބަށް ދެން. މި ގައުމަކީ ފަހުރުވެރި ގައުމެއް. މިގައުމުގެ ސިފައިން ތިބީ ގައުމަށްޓަކައި ލޭ އޮހޮރުވާލަން ތައްޔާރަށް. އެއްވެސް ފަރުދަކަށް ވުރެ މިގައުމުގެ އިސްލާމް ދީނާއި ގާނޫނު އަސާސީ އާއި މި ގައުމުގެ ބޮޑުވާނެ. ގާނޫނު އަސާސީގައި އޮތެއް އެއްމެ ބާރެއް ނޫން. ސަރުކާރަށް ލިބެނީ ވަކި ބާރުތަކެއް. ޝަރުއީ ނިޒާމަށް ލިބޭނީ ވަކި ބާރުތަކެއް ރައްޔިތުންނަށް ލިބެނީ ވަކި ވާހަކަތަކެއް. އަޅުގަނޑުމެނަށް ގާނޫނު އަސާސީން އަޅުގަނޑުމެނަށް ލިބުނު އެންމެ މުހިންމު އެއްޗަކީ ބޭނުން އިރަކުން ބޭނުން މީހެއްގެ ގަޔަށް އައތްލާ ނުހިފެވުން . މިހާރު މިފެންނަނީ ބޭނުން އިރަކުން އެކަން ކުރާތަން. އަޅުގަނޑު ގޮވާލަނީ މިހާރު މިހާރަށް ޝަރުއީ ނިޒާމަށް ބިރު ދެއްކުން ހުއްޓާލަން އިރާދަކުރެއްވިއްޔާ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލާނަން
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގ. ކެނެރީގޭ މުހައްމަދު ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލާނަން
އުމަރު ނަސީރު މުޒާހަރާގައި: އުމަރު ވިދާޅުވީ މިހާރު ހިނގަމުން މިދާ ކަންތައްތަކުން ރައީސް ނަޝީދު އިތުރަށް ފަލީހަތްވުން ނޫން ކަމެއް ނުވާނެ ކަމަށާއި މިއީ ކޮންމެރެއަކު އެއްތަނެއްގައި ކުރާ މުޒާހަރާއަކަށް ނުހެދުމަށާއި މިރެއިން ފެށިގެން މިކަން ހަރަކާތަކަށް ބަދަލު ކޮށްލަން ޖެހޭ ކަމަށް. މުޒާހަރާތައް ހަރަކާތަކަށް ބަދަލުކޮށްލުމުން ވަކި ވަގުތެއް ނޯންނާނެ ކަމަށާއި ރައީސް އޮފީސް ކައިރީގައާއި އދ. އޮފީސް ކައިރީގަ އާއި އެމްއެންބީސީ ކައިރީގަ އާއި ސަފީރުން ވަޑައިގަންނަވާ ވަގުތު ތަކުގައި ނުކުމެ ހަރަކާތް ހިންގުމަށް. އޭރުން ސިފައިންނަށް ޖެހޭނީ 24 ގަޑިއިރު ހެލްމެޓް އަޅައި ފޯރިއަށް ތިބެ ވަރުބަލިވާން. އަޅުގަނޑު ދަންނަވަން 2000 މީހުން ބޭނުން ވަނީ އެ 2000 މީހުން 30 މީހުން 30 ޔުނިޓަށް ބަހާލުމަށްފަހު ކުއްލިކުއްލިއަށް އަޅުގަނޑުމެން އެކިތަންތަނުގައި ޖައްސާނީ އަޅުގަނޑުމެން ގޮސް ފާރުމަތިން އަރާނީ އޭރުން އަޅުގަނޑުމެނަށް އޮންނީ އެތެރޭގައި ތިބި މީހުންގެ ބައިވެރިވުން ލިބިފައި.
ކަންކަން ކާމިޔާބު ކުރުމަށް ހިތްވަރު ކުރަން ޖެހޭނެ ދާ އޮހޮރުވަން ޖެހޭނެ. އަދި ކަންކަން ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުިމެން ލޭވެސް އޮހުރުވަން ޖެހޭނެ
އުމަރު ނަސީރުގެ ވާހަކަފުޅު: އުމަރު ވިދާޅުވީ އަނިޔާ ކުރާ މީހުންނަށް އިނާމު ނުދެވެނެ ކަމަށާއި ސަރުކާރުން ވަނީ އަބްދުﷲ ގާޒީއަށް އަނިޔާދީފައި ކަމަށް. އަދި އަބްދުﷲ ގާޒީ މިނިވަން ކުރުން ނޫން އެހެން ގޮތެއް ބޭނުން ނުވާ ކަމަށް. އެހެން ނޫނީ ވާހަކަ ދެއްކުމެއް ނެތް ކަމަށް. ރައީސް ނަޝީދު ފުރަތަމަ ކުރެއްވެވި ކަމަކީ ސުޕްރީމް ކޯޓްގެ ތަޅު އެޅުވުން. ދެން ޖުޑީޝަލް ސާވި ކޮމިޝަން ހިސޯރު ކުރުން އޭގެ ފަހުން އަބްދުﷲ ގާޒީން ހައްޔަރު ކުރެއްވީ ވީމާ މިފަހަރު ދޫކޮށްލައިގެން ނުވާނެ. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ބޭނުން ދުވަހަށް އަބްދުﷲ ގާޒީ ގެންގުޅުއްވާށޭ އަޅުގަނޑުމެން ބޭނުމީވެސް އެގޮތޭ. އެއް އަހަރުވިޔަސް އަބްދުﷲ ގާޒީ ވަރުބައްޔެއް ނުވާނޭ
ދާދި ދެންމެއަކު އާދަލަތު ޕާޓީގެ ރައީސް އިމްރާން ވަނީ ވާހަކަފުޅު ދައްކަވަފައި. އޭނަ ވިދާޅުވީ ދާދިއަވަހަށް ސަރުކާރު ވެއްޓޭނެ ކަމަށް. އަދި އިދިކޮޅު ފަރާތްތަކުން ކުރަނީ ހައްގަށް ކުރާ މުޒާހަރާއެއް ކަމަށާއި އެކަމުގައި ކާމިޔާބު ލިބޭނެ ކަމަށް.
އެންމަސަ ދުވަހުގެ ތެރޭގައި މި ސަރުކާރުގެ ވެއްޓޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން. އަޅުގަނޑު ޔަގީން ކަމާއެކު މި ދަންވަނީ އެދުވަހުކުން އަޅުގަނޑުމެން އަދުވެރި ސަރުކާރެއް ގާއިމު ކުރާނަން
ޕީޕީއެމްގެ އުމަރު ނަސީރު މުޒަހަރާއާ ގުޅިވަޑައިގެންފި، މިހާރު ވާހަކަ ދައްކަވަނީ އަދާލަތުގެ އިމްރާން އަބްދުﷲ، މިވަގުތުވެސް ފުލުހުން ގެންދަނީ މުޒާހަރާ ރޫޅައިލާނެ ކަމަށް އިންޒާރު ދެމުން އަދި މުޒާހާރަ ކުރާ މީހުންނާ ގާތަށް ޖެހެމުން.
އެއްވެފައިވާ މީހުން މަސައްކަތް ކުރަމުން ދަނީ އެމްއެމްއޭ ކުރިމައްޗަށް ނުކުތުމަށް. ބައެއް ބެރިކޭޑްތައް މިހާރު ވަނީ މޫދަށް އުކާލައިފައި. ފުލުހުން ދަނީ މެދުނުކެނޑި އިންޒާރު ދޭން ފަށާފައި.
ދާދި ދެންމެއަކު މަހުލޫފު ވަނީ ޔޫކޭ އެމްޕީން ކަމަށް ބުނާ ދެމީހުންގެ ތެރެއިން އެކަކާ ވާހަކަ ދައްކަވާފައި. މަހުލޫފު އޭނާއާ މައުލޫމާތު ހިއްސާ ކުރެއްވެވިއިރު ވިދާޅުވީ މުޒާހާރާއަށް ނުކުމެ ތިބީ ހައްދުފަހަނައަޅާފައިވާ މީހުން ނޫން ކަމަށާއި ރަނގަޅަށް ބެއްލެވުމަށް. މަހުލޫފު ވިދާޅުވީ މިއީ ސުލްހެވެރި މުޒާހަރާއެއް ކަމަށާއި މި މުޒަހަރާގައި ގޮވާލަނީ ސްޓޭޓް މީޑިޔާ މިނިވަން ކުރުމަށާއި ސަރުކާރުން ކުރަމުންދާ ޑިމޮކްރަސީއާ ހިލާފުން ކަންކަން ހުއްޓާލުމަށާއި އަބްދުﷲ ގާޒީން މިނިވަން ކުރުމަށް ކަމަށް. އަދި މި މުޒާހަރާގެ ބައިވެރިން ތަމްސީލް ކުރާ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ކަންކަން ހިނގަމުންދާ ގޮތް ބައިނަލް އަގުވާމީ މުޖުތަމައާ ހިއްސާކޮށްފައިވާ ކަމަށާއި މިހާރު ވެސް ޓީމްތައް ރާއްޖޭން ބޭރުގައި ވެއްޖެ ކަމަށް.
މުޒާހަރާ ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް އިނގިރޭސި ވިލާތުގެ ޕާލަމެންޓްގެ ދެ މެންބަރުން ކަމަށް ބުނާ ދެމީހަކު ވެސް އޮބްޒާވް ކުރަން އެބަތިއްބެވި. އެމީހުންނާއެކު ދިވެހި އަންހެނަކު ވެސް އެބަހުރި.
އެމީހުންނާއެކު ހުރި އަންހެން މީހާ ބުނަނީ އެއީ ޔޫކޭ ޕާލަމެންޓްގެ ދެ މެންބަރުންނޭ. އެމީހުން ވަޑައިގަތީ އޮބްޒާވް ކުރައްވާށޭ،
މިރޭގެ މުޒާހަރާގެ ތެރޭގައި ޔޫރަޕްގެ އަންހެނަކު ވެސް "ވީވޯންޓް ޑިމޮކްރަސީ" ޖަހާފައިވާ ބޯޑަކާއެކު ޝުއޫރު ފާޅު ކުރަމުން އެބަދޭ.
މުޒާހަރާއަށް މިރޭ ނެރޭފައިވާ ބޯޑުތަކުގައި އާންމު ގޮތެއްގައި ލިޔެފައި ވަނީ މީޑިޔާ މިނިވަން ކުރުމަށާއި މީޑިއާއަށް ބިރު ދެއްކުން ހުއްޓާލުމަށާއި އަބްދުﷲ ގާޒީ މިނިވަން ކުރުމަށާއި މިލިޓަރީ ރޫލް ނުގެން ގުޅުމަށް. މިރޭގެ މުޒާހަރާގައި އިދިކޮޅު ސިޔާސީ ގިނަ އިސް ބޭފުޅުންތަކެއް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މުޒާހަރާ ލީޑު ކުރާ ބޭފުޅުން ވިދާޅުވޭ.
މުޒާހަރާގެ ބައިވެރިން އެހެން ރޭރޭ ވެސް ބޭނުން ކުރަމުން އަންނަ ތާޅަފިލި ހަރުކުރި ޕިކަޕް ވެސް ވަނީ ގެނެސްފައި. ޑީއާރްޕީގެ ނައިބު ރައީސް އައްޑޫ ޝަރީވެސް ވެސް މުޒާހަރާއާ ވަނީ ގުޅިވަޑައިގެންފައި. މިރޭ ވެސް މުޒާހަރާ ފަށާފައި ވަނީ އެމްއެމްއޭ ކުރިމަތިން ކުޑަތަންކޮޅެއް ދެކުނުން. ދުރު ދުރުން ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ވެސް މިހާރު ތިބީ ޖުމްހޫރީ މައިދާންތެރޭގައި މަޑުކޮށްލައިގެން.
ސަރުކާރާދެކޮޅު މުޒާހަރާ ފެށިއިރު މުޒާހަރާ ލީޑު ކުރެއްވުމުގައި އިސްކޮށް ތިއްބެބީ އަހުމަދު މަހުލޫފާއި ނިހާނާއި އަބްދުﷲ މުހައްމަދެވެ. އަދި މާގިނަ ބަޔަކުވެސް ޖަމާވެފައި ނުވާއިރު ފުލުހުން ވެސް މަޑުކޮށްލައިގެން ތިބީ ވަރަށް ދުރުގައެވެ. އަޑުގަދަ ކުރާގެ އެހީގައި މިހާރު ވެސް ދަނީ ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.