02 Dec 2020, 15:23
މޯލްޑިވްސް ސަރފިންގް އެސޯސިއޭޝަން އެމްއެސްއޭގެ އަހަރީ އާންމު ޖަލްސާ މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.
އެމްއެސްއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަންގެ އާންމު ޖަލްސާ ބާއްވާނީ މާދަމާ މެންދުރު 2:30 ގައި ސޯޝަލް ސެންޓަރުގެ ސެމިނާ ހޯލްގައި ކަމަށެވެ.
އެމްއެސްއޭ އިން ނެރުނު ބަޔާނުގައި އަދި ބުނީ އާންމު ޖަލްސާގައި ކުރިއަށް ދާނީ އެ އެސޯސިއޭޝަންގެ 2019 ވަނަ އަހަރުގެ ރިޕޯޓްތައް ފާސްކުރުމާއި، ކުރިއަށް އޮތް އަހަރުގެ ބަޖެޓާއި ހަރަކާތްތައް ފާސްކުރުން ކަމަށެވެ. އަދި އޭގެ އިތުރުން އެމްއެސްއޭގެ ހިންގާ ގަވައިދުތަކަށް ގެންނަން ފެންނަ އިސްލާހުތަކާއި ބެހޭގޮތުން މަޝްވަރާ ކުރުންވެސް އޮންނާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
އެމްއެސްއޭގެ ހުރިހާ މެންބާރުންނަށް އެ ޖަމްްއިއްޔާއިން ވަނީ ދައުވަތު އަރުވައިފަ އެވެ. އަދި ޖަލްސާއަށް ވަޑައިގަންނަވާ ހުރިހާ މެންބަރުން ވެސް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ވަނީ އިލްތިމާޒް ކޮށްފަ އެވެ.