އޭޝިއަން ޕަވާ އެވޯޑްސްގެ ހަތަރު އެވޯޑެއް ފެނަަކަ އަށް ލިބިއްޖެއެވެ.

މިނިވަން ފަނޑިޔާރުންގެ ޕެނަލަކުން އިންސާފު ކޮށްގެންދޭ މި އެވޯޑަކީ އޭޝިއާ ސަރަހައްދުގެ ބޮޑެތި ޔުޓިލިޓީ ކުންފުނިތަކުން ބައިވެރިވާ އެވޯޑެކެވެ.

މި ހިނގާ 2020 ވަނަ އަހަރުގެ އެވޯޑް ހަފްލާގައި ފެނަކަ އާއެކު ސަރަހައްދުގެ 50 ކުންފުންޏަކުން ވަނީ އެވޯޑު ހާސިލްކޮށްފައެވެ.

މި ހަފްލާގައި ފެނަކަ އަށް ލިބުނު އެވޯޑު ތަކަކީ:

1. ޕަވަޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔާ (ރާއްޖެއިން)

މި އެވޯޑް ލިބިފައިވަނީ ފެނަކައިން ލ.ގަމުގައި ގާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫއަށެވެ. މި މަޝްރޫއަކީ ރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ދާއިރާއަށް ގެންނަ ޒަމާނީ ފަންނުވެރިކަމުގެ އީޖާދުގެ ފެށުން ކަމަށް ފެނަކަ އިން ބުންޏެވެ.

2. ޕަވަރ ޔުޓިލިޓީ އޮފް ދި އިޔާ (ރާއްޖެއިން)

މި އެވޯޑަކީ ގައުމުތަކުގެ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކޮށްގެން އެ ގައުމެއްގެ އެންމެ ފާހަގަކުރެވޭ ކުންފުންޏަށް ދޭ އެވޯޑެކެވެ.

3. ސޯލަރ ޕަވާ ޕްރޮޖެކްޓް އޮފް ދި އިޔާ (ރާއްޖެއިން)

މި އެވޯޑް ލިބިފައިވަނީ ގދ.މަޑަވެލި އަދި ހޯޑެއްދޫގައިފެށުމަށް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއަށެވެ.

4. ސީއީއޯ އޮފް ދަ އިޔަާ (ހުރިހާ ގައުމަކުން)

މި އެވޯޑަކީ ބައިވެރިވި ހުރިހާ ޔުޓިލިޓީ ކުންފުނިތަކުގެ މެދުގައި ވާދަކޮށްގެން ފެނަކަ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދަށް ލިބިފައިވާ އެވޯޑެކެވެ.

ފެނަކަ އިން ބުނީ މި އެވޯޑަކީ އެމްޑީ ސަޢީދު ކުންފުންޏާއި ހަވާލުވެ މިވީ މުއްދަތުގެ ތެރޭގައި ކުންފުނީގެ ހާލަތު ކުރިއަށް ވުރެ ރަނގަޅު ކުރުމަށާއި ކުންފުނިން ދޭ ހިދުމަތްތަކަކީ އުފެއްދުންތެރިކަމާއި، އަދި އީޖާދީ ބިނާކުރަނިވި މަސައްކަތްތަކަކުން ކުރުމުއްދަތެއްގެ ތެރޭގައި ކުރެވިފައި މަސައްކަތްތަކެއްކަން ފާހަގަކުރެވޭތިއްޔާއި ކުންފުނިން ދޭ ހިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުމަށް މުޅި ނިޒާމް ފަރުމާކޮށް ކުންފުނިން ހޯދަމުންދާ ބޮޑު ކާމިޔާބީ ފަދަ މުހިންމު ކަންތައްކެއް ފާއިތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހާސިލްކޮށްފައިވާތީ އެކަންކަން ފާހަގަކޮށް ލިބިފައިވާ އެވޯޑެއް ކަމަށެވެ.