02 Dec 2020, 10:20
ކޮވިޑް19 ގެ ބަލިމަޑުކަމާއެކު ކޯޓުން ބޭރުގައި އަދި ކޯޓުގައި ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް އަނެއްކާވެސް ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ފަށައިފި އެވެ.
ފެމެލީ ކޯޓުން ބުނީ ކޮވިޑް-19އާ ގުޅިގެން އޮންލައިންކޮށް ކައިވެނި ކޮށްދިން ނަމަވެސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނިކޮށްދޭން ނިންމާފައިވާ ކަމަށެވެ.
މިއާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް ކޯޓުން ބުންޏެވެ.
ފެމެލީ ކޯޓުން ބުނީ، ކޯޓުން ބޭރުގައި ކައެވިނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމުގެ ކަންތައް ހަމަޖެހޭނެ ކަމަށެވެ.
ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗްޕީއޭ އިން ނެރޭ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ކޯޓުން ބުންޏެވެ.
އެގޮތުން ކައިވެނީގެ މަޖްލިސް ބާއްވާތަނަނީ އެފަދަ މަޖްލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.