02 Dec 2020, 10:05
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިވެކް އޮބެރޯއީ އޭނާގެ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އަންހެނުންނާ ދެދަރިން ގޮވައިގެން ވިވެކް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެއާ ވަރަށް ކައިރި އޮންނަ ރިސޯޓެއް ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައި އެވެ. ރާއްޖެއައިސް ވިވެކް ބުނީ ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް އާއިލާއާއެކު ރާއްޖޭގައި ހޭދަކުރެވޭ ކަމަށެވެ.
އެމީހުން ރާއްޖެ އައިސް ނަގާފައިވާ ރީތި ފޮޓޯތަކެއް ވަނީ ވިވެކްގެ ސޯޝަލް މީީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައެވެ. މިދިޔަ އަހަރު ވިވެކް ރާއްޖެއައިސް ވަނީ އޭރު ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާ ވެސް ބައްދަލުކޮށްފައެވެ.
އޭނާ އެންމެ ފަހުން ފެނިގެންދިޔައީ އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީގެ ބައޮގްރަފިކަލް ޑްރާމާ "ޕީއެމް ނަރެންދުރަ މޯދީ" އިންނެވެ.
މިއަހަރަކީ ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ރާއްޖެ ޒިޔާރާތްކުރާ އަހަރެކެވެ.