02 Dec 2020, 10:58
ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ދެތަރިން ކަމަށްވާ ސަނީ ޑިއޯލް އާ ބޮބީ ޑިއޯލް އެކުގައި ފެނިގެންދިޔަ "އަޕްނޭ" ގެ ސީކުއަލެއް ހަދަން ނިންމައިފި އެވެ.
ދެހާސް ހަތްވަނަ އަހަރު ނުކުތް އެ ފިލްމުގެ ދެވަނަ ބައި މިހާރު ގެނެސްދޭނެކަން ކަށަވަރުވެފައިވާއިރު މިފިލްމުގައި ސަނީ އާ ބޮބީގެ އިތުރުން ދަރުމެންދުރާ އަށް ކާފަ ކިޔާ ކަރަން ޑިއޯލް ވެސް މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނެ އެވެ.
އަންނަ އަހަރު ނޮވެމްބަރުގައި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު "އަޕްނޭ 2" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މާޗު މަހު އެވެ. ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދަނީ މީހުންގެ އިހުތިރާމް ގެއްލިފައިވާ ބޮކްސިން ކުޅުންތެރިއަކު އޭނާގެ ދެދަރިން މެދުވެރިކޮށް މީހުންގެ އިހުތިރާމް އޭނާއަށް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކާއި އެ ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތެކެވެ.