23 Jan 2012, 17:28
ޅ. ކުރެންދޫ ނެރުން ވަންނަން ދިޔަ މަސްދޯންޏެއް ނެރު ދަނޑީގެ ފައިކައްޓަށް އަރައި ބަންޑުން ޖަހާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ ރޭ އެ ހާދިސާ ހިނގި ވަގުތު އެ ދޯނީގައި ދެ މީހުން ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި 25 ފޫޓްގެ “ރިޔާ” ނަމަކަށް ކިޔާ އެ ދޯނި ކުރެންދޫ ނެރުމައްޗަށް ބަންޑުން ޖަހާލުމާ އެކު ދޯނީގައި ތިބި މީހުން ފަތާފައި ކުރެންދު އަށް އެރި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
އެމްއެންޑީއެފުން ބުނީ ރިޔާ ދޯނި ބަންޑުން ޖަހާލާފައި ވަނީ ފަރުމަހަށް ނުކުތުމަށް ފަހު، ކުރެންދޫ ނެރުން ރޭ 9:30 ހާކަންހާ އިރު ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެ ދޯނި ނެރުން ވަންނަން ދިޔަ ވަގުތު ނެރު ބައްތި ނުދިއްލޭ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެއްކޮށް އަޑިއަށް ގޮސްފައި އޮތް ރިޔާ ދޯނީ ފުންކުރުމަށް ފަހު ކުރެންދޫ ފަޅަށް ވައްދާފައިވާ ކަމަށެވެ.