23 Jan 2012, 17:09
ގައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މާދަމާ، ޤައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޤައުމާ މުޚާޠަބު ކުރައްވާނީ، މާދަމާ ހެނދުނު 10.30 ގައި އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.
ޤައުމީ ދުވަހުގެ އިހުތިފާލްތައް، މިއަހަރު ބޭއްވެވުމަށް ހަމަޖައްސަވާފައިވަނީ އުތީމުގަ އެވެ.
މާދަމާ ބާއްވާ މި އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މާލެއިން ފުރާވަޑައިގަތީ، މިއަދު މެންދުރުފަހު އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީ ވެސް މި އިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.