ރާއްޖޭގެ ހައިކޯޓު އިންސްޓަގްރާމް އެކައުންޓެއް ހުޅުވަން ނިންމައިފިއެވެ.

ހައިކޯޓުން ބުނީ ހައިކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން އިންސްޓަގްރާމް އެކައުންޓެއް ހުޅުވަން ނިންމެވީ، އެ ކޯޓުގެ އިދާރީ ހިންގުމާއި ހައިކޯޓާ ބެހޭ މައުލޫމާތުތައް ފޮޓޯ އަދި ވީޑިއޯ މެދުވެރިކޮށް ޢާއްމުންނަށް ފެންނާނޭހެން ހުޅުވާލުމުގެ ބޭނުމުގައި ކަމަށެވެ.

ހައިކޯޓުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ކޯޓުގެ ޝަރީއަތްތަކާ ބެހޭ މައުލޫމާތާއި ނިންމުންތައް ވެސް ހިއްސާކުރަމުންނެވެ.

އަދި ކޮވިޑް19 އާ ގުޅިގެން ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށާފައިވާއިރު، ޝަރީއަތްތައް އަންނަނީ ޔޫޓިއުބާއި ޓްވިޓާ މެދުވެރިކޮށް ލައިވް ކުރަމުންނެވެ.