29 Nov 2020, 23:52
ފުރަބަންދު ކަރަންޓީނަށް ދާން އެދޭ މީހުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހާލުބެލުން ޕޯޓަލް އަށް އަޕްލޯޑު ކުރެވޭތޯ ޔަގީން ކުރުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޯޓަލް އަށް އަޕްލޯޑު ކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑު ކުރެވޭތޯ ޔަގީންކުރަން ހަނދާންކޮށްދޭ ކަމަށާއި، އެ ލިޔެކިޔުންތައް ހަމަތޯ ބަލަންވެސް ހަނދާން ކޮށްދޭ ކަމަށެވެ.
އަދި ފުރަބަންދު ކަރަންޓީނަށް ދިޔުމަށް އެދޭ ތާރީހު ބަދަލުވެއްޖެނަމަ އެކަން ލަސްނުކޮށް ޕޯޓަލް މެދުވެރިކޮށް އަންގައި، ޕޯޓަލްގައި ކުރިން ކަނޑައަޅާފައިވާ ތާރީހު ބަދަލުކުރަންވާނެ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ،
މީގެ އިތުރުން މި ލިޔެކިޔުންތައް ފުރުމުގެ 72 ގަދިއިރު ކުރިން އަޕްލޯޑު ކުރަން ޖެހޭނެ ކަމަށްވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. ޑރ. ވިދާޅުވީ ފުރާ ދުވަސް މާ ކައިރިކޮށްފައި ލިޔެކިޔުންތައް ހާކު ބެލުން ޕޯޓަލް އަށް އަޕްލޯޑު ކުރުމުން ދަތިތައް ދިމާވާ ކަމަށެވެ.
"ކައުންސިލން ބޭނުންވަ ހުއްދަ ލިބުން އަވަސްވެދާނެެ އެކަމަކު ލީގަލް އިން ނިންމަންޖެހޭ ކަންތައްވެސް ހުންނާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ކޮވިޑް19ޖެހި ރަނގަޅުވެފައި ތިބޭ މީހުންވެސް ރަށަށް ދިޔުމުގެ ކުރިން އެމީހަކަށް ބަލިޖެހި ރަނގަޅުވިތާ 90 ދުވަސް ހަމަނުވާ ކަމުގެ ލިޔުމެއް މި ޕޯޓަލް އަށް އަޕްލޯޑު ކުރަން ޖެހެއެވެ.
ހާލުބެލުން ޕޯޓަލް އަކީ ރަށްރަށަށް ކަރަންޓީނަށް ދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނަށް އެދޭ ލިޔެކިޔުންތަކައި ހުއްދަ އަށް އެދޭ ޕޯޓަލްއެވެ. އެ ޕޯޓަލް މެދުވެރިކޮށް ހުއްދަ އަށް އެދުމުން އެޗްޕީއޭ އިން ދޫކުރާ ހުއްދަ ދޭނެއެވެ.