29 Nov 2020, 22:08
ފާއިތުވި 24 ގަޑިއިރުގައި ނެގި 1،829 ސާމްޕަލް އިން 47 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 46 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި އެކަކެވެ.
އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ވަނީ މިހާރު 12،994 އަށް އަރާފައެވެ.
މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1،039 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 94 މީހަކަށެވެ.
އެ ބަލި ޖެހި އަދި އެ ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ މިހާރު 11،902 އަށް އަރާފައެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް 46 މީހުން ވަނީ މަރުވެފަ އެވެ.