28 Nov 2020, 22:03
މިއަދު ނެގި 1،816 ސާމްޕަލުން 14 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 12،947 އަށް އަރާފައިވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި އަށް މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ތިން މީހެއްގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ދެ މީހަކާއި ތަރައްގީކުރަމުންދާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.
މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1،113 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 92 މީހަކަށެވެ.
މި ބަލިން މިއަދު ރަނގަޅުވެފައިވަނީ 32 މީހެކެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 11،7481 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 46 މީހުން ވަނީ މަރުވެފަ އެވެ.