23 Jan 2012, 10:27
ނައިޖީރިޔާގެ އުތުރުގެ ކާނޯގައި ހިންގި ބޮން ގޮއްވުމުގެ ޢަމަލު، އެންމެ ހަރުކަށި އިބާރާތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ކުށްވެރި ކުރައްވައިފި އެވެ. ޓެރަރިޒަމްގެ މި އަމަލު ކުށްވެރި ކުރައްވައި، ނައިޖީރިޔާގެ ރައީސް ގުޑްލަކް އެބެލް ޖޮނަތަންއަށް، ރައީސް ވަނީ މެސެޖެއް ވެސް ފޮނުއްވާފަ އެވެ.
ރައީސްގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ނައިޖީރިޔާގެ ރައީސްއަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައިވެވި އެވެ. އަދި އެ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައިވެ އެވެ.