ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ކިއާރާ އަދުވާނީ ގެ ކުރިއަށް އޮތް ފިލްމު "އިންދޫ ކި ޖަވާނީ" ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފި އެވެ.

ކިއާރާ އާއި އަދިތިޔާ ސީލް ލީޑް ރޯލުން ފެނިގެންދާ އެ ފިލްމަކީ އެއްމޭ އެންޓަޓައިންމަންޓުން ގެނެސްދޭ ކޮމެޑީ ފިލްމެކެވެ. ހެއްވާ މަޖާ ކަންތައްތަކެއް ފިލްމުގެޓްރެއިލާ އިން ފެނިގެންދާއިރު މިފިލްމު ވެގެންދާނީ އާންމުން ހީހީ ބަލިކޮށްލާނެ ފިލްމެއް ކަމަށް ޑައިރެކްޓަރު އަބީރް ސެންގުޕްތާ ބުންޏެވެ. މި ފިލްމުގެސްކްރިޕްޓް ވެސް ލިޔުނީ އޭނާ އެވެ.

ބަތަލާ ކިއާރާ އެންމެ ފަހުން ފެނިގެންދިޔައީ އަކްޝޭ ކުމާރު އާއެކު “ލަކްޝްމީ” އިންނެވެ. އެ ފިލްމުގައި ކިއާރާގެ ރޯލަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.