މީގެ ހަތަރު މަސް ކުރިން ކައިވެނި ކުރި އެކްޓަރު ރާނާ ދަގޫބަތީގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަމަށް އޭނާ ބުނެފި އެވެ.

ފިލްމު "ބާހުބަލީ" އިން ބޮޑު މަގްބޫލުކަމެއް ހޯދި ރާނާ އޭނާގެ ސިއްހީ ހާލަތު އާންމުކުރީ ގިނަ ބަޔަކު އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލަކީ ކޮންބަދަލެއްތޯ ސުވާލުއަހާތީއެވެ. ފާއިތުވެދިޔަ އަހަރު އޭނާގެ ހަށިގަނޑު ހިކި އަނަރޫފަވެފައިވާތީ އޭނާގެ ފޭނުން ވަނީ އޭނާއާ ވަރަށް ގިނައިން ސުވާލުވެސްކޮށްފައެވެ.

ޓޯކް ޝޯ "ސޭމް ޖޭމް" ގައި މެހުމާނެއްގެ ގޮތުގައި ރާނާ ބައިވެރިވެ އޭނާ ވަނީ އޭނާގެ ބަލި ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ކިޑްނީ ފެއިލްވުމުގެއިތުރުން ލޭގެ ޕްރެޝަރު މައްޗަށް ގޮސް ހިތުގެ މައްސަލަތައް ވެސް ދިމާވެފައިވާ ކަމަށެވެ. ރާނާ ބުނީ ބަލީގެ ސަބަބުން އޭނާއަށް ސްޓްރޯކެއް ޖެހުމުގެފުރުސަތުވެސް ވަރަށް ބޮޑު ކަމަށެވެ.

ދެކުނު އިންޑިއާ ފިލްމުތަކުން ގިނައިން ފެންނަ އެކްޓަރު ރާނާ އަކީ ބޮލީވުޑް ފިލްމުތަކުންވެސް ފެންނަ ތަރިއެކެވެ.