ކޮވިޑް19 އަށް މިއަދު ރާއްޖެއިން އިތުރު 44 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 1،516 ސާމްޕަލްގެ ތެރެއިން 44 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފެނުނު 34 ކޭސް އާއި ރިސޯޓުތަކުން ފެނުނު ދެ ކޭސް އަކާއި ތަރައްގީކުރަމުން އަންނަ ރިސޯޓަކުން ފެެނުނު އަށް ކޭސް އެކެވެ. މާލެ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށަކުން މިއަދު ޕޮޒިިޓިވް ކޭސް އެއް ފެނިފައެއް ނުވެއެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 12،854 އަށް އަރައިފައެވެ. އަދި މިހާތަނަށް ރާއްޖެއިން 11،681 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައިތިބި 1،120 މީހުން އެބަތިއްބެވެ.

މިބަލީގައި ރާއްޖެއިން މިހާތަނަށް 46 މީހަކު ވަނީ މަރުވެފަ އެވެ.