25 Nov 2020, 08:33
ޝާހްރުކް ޚާން އާއި ޖޯން އަބްރަހަމް އާއެކު ކުޅޭ ފިލްމު “ޕަތާން” ގެ ޝޫޓިން ދީޕިކާ ޕަދުކޯން ފަށައިފިއެވެ.
މުމްބާއީގައި ފިލްމުގެ މަންޒަރުތައް ނަގަން ފެށިއިރު ދާދިފަހުން ޝާހްރުކް ވަނީ މި ފިލްމުގެ ޝޫޓިން ފަށާފައެވެ. ވައިއަާރްއެފް އިން ގެނެސްދޭ މި ފިލްމަކީ “ވޯ” ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ފިލްމެކެވެ.
މުމްބާއީގައި ފިލްމުގެ މަންޒަރުތައް ނެގުމަށްފަހު ފިލްމުގެ ދެން ހުރި މަންޒަރުތައް ނަގާނީ އިނގިރޭސިވިލާތުގައެވެ. ޕަތާންގެ ބޮޑުބައެއް އިނގިރޭސިވިލާތުގައިނަގަންވަނީ ހަމަޖެހިފައެވެ.
މި ފިލްމުން ފެނިގެންދާނީ ރިވެންޖް ސްޓޯރީއެކެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމުވެގެންދާނީ ޝާހްރުކާ އެކު ޖޯންމަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.
ޕަތާން އަކީ ދީޕިކާ އާއި ޝާހްރުކް އެކުގައި ކުޅޭ ހަތަރު ވަނަ ފިލްމެވެ. މިދެތަރިން އެކުގައި ފެނިގެންދިޔަ ފިލްމުތަކަކީ “އޯމް ޝާންތި އޯމް”، “ޗެންނާއީއެކްސްޕްރެސް”އަދި “ހެޕީ ނިއު އިޔާ” އެވެ.