ކޮވިޑް19 އަށް މިއަދު ރާއްޖެއިން 52 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 1،851 ސާމްޕަލްގެ ތެރެއިން 52 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފެނުނު 45 ކޭސް އާއި ރިސޯޓުތަކުން ފެނުނު ހަތް ކޭސް އެވެ. މާލެ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށަކުން މިއަދު ޕޮޒިިޓިވް ކޭސް އެއް ފެނިފައެއް ނުވެއެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 12،810 އަށް އަރައިފައެވެ. އަދި މިހާތަނަށް ރާއްޖެއިން 11،660 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައިތިބި 1،090 މީހުން އެބަތިއްބެވެ.

މިބަލީގައި ރާއްޖެއިން މިހާތަނަށް 46 މީހަކު ވަނީ މަރުވެފަ އެވެ.