24 Nov 2020, 09:36
ބޮލީވުޑްގައި މިހާރު ހުރި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ކާތިކް އާރްޔަން 30، އޭނާގެ އުފަންދުވަހާ ގުޅިގެން އާ ފިލްމެއް އިއުލާންކޮށްފިއެވެ.
އިއްޔެ އޭނާއަށް 30 އަހަރު ފުރުނުއިރު އޭނާ ސޮއިކުރި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ރާމް މަދުވާނީ ގެނެސްދޭ ފިލްމު ދަމާކާ’ އަށެވެ. ފިލްމުގެ މޯޝަން ޕޯސްޓަރު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރަމުން ކާތިކް ބުނީ މިއީ އަހަރެންގެ އުފަންދުވަސް ކަމަށެވެ.
މި ފިލްމަކީ ކާތިކް އާއި މަދްވާނީ އެކުގައި ކުރާ ފުރަތަމަ މަސައްކަތެވެ. ދާދި ފަހުން ޑިޒްނީ ޕްލަސް ހޮޓްސޓާ އިން ނެރުން އާރިޔާ ސީރީޒް ގެ ޑައިރެކްޓަރު އަކީވެސް މަދްވާނީއެވެ. މި ފިލްމްއަށް ސޮއި ކުރުމަށް ފަހު ކާތިކް ބުނީ މިފަދަ ފިލްމެއް ކުޅެން ލިބުމުން އުފާވާަކަމަށާއި ހާއްސަކޮށް ނޫސްވެެރިއެއްގެ ރޯލު ކުޅެލަން ލިބުމުން މަސައްކަތް ފެށުމަށް ކެތްމަދުވެފައިވާކަމަށެވެ. މި ފިލްމުގައި ކާތިކް އަކީ މުމްބާއީގައި ހިނގާ ބޮޑު ހާދިސާއެއް ކަވަރު ކުރާ ނޫސްވެރިއެކެވެ. ދަމާކާ އަކީ ތްރިލާ ޖޯންރާ އަށް ތައްޔާރުކުރާ ފިލްމެކެވެ.
‘ މި ސްކްރިޕްޓަކީ އަޖައިބުކުރުވަނި ސްކްރިޕްޓެއް. އަދި މި ފިލްމުގެ ޒަރިއްޔާއިން އަހަރެންނަށް މުޅިން އާ ކަންތައްތަކެއް ދަސްވެގެންދާނެ ކަން އެނގޭ. އެކްޓަރެއްގެ ހައިސިއްޔަތުން އެހެން ކަހަލަ މަސައްކަތެއް ތަޖުރިބާކުރުމަށް ފުރުސަތު ލިބިގެން މިދަނީ. މި ޖާނީ އަށް ވަރަށް އިންތިޒާރު ކުރެވޭ އެބަ،’ ކާތިކް ބުންޏެވެ.
އަންނަ މަހު ޝޫޓިން ފެށުމަށް އަމާޒު ހިފައިފައިވާ އެ ފިލްމަކީ އަންނަ އަހަރު ސްކްރީންކުރާނެ ފިލްމެކެވެ. މި ފިލްމު ކުޅުމަށް ކާތިކް ވަނީ ބޯ ވެސް ކުޑަކޮށް ދިގުކޮށްފައެވެ.
އެކްޓަރު ކާތިކްގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި ‘ބޫލް ބުލައްޔާ 2’ އަދި ‘ދޯސްތާނާ 2’ ހިމެނެެއެވެ.