އެކު ފަހަރުގެ މަތިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވާ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެއެވެ.

މިދިޔަ އަހަރުވެސް ރާއްޖެ އައި ބަތަލާ ސޮނާކްޝީ މިފަހަރު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ގްރޭންޑް ޕާކް ކޮއްދިޕަރު ރިސޯޓްގަ އެވެ. އެ ރިސޯޓުގެހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތަކެއް ސޮނާކްޝީ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

އައިލަންޑް ގާލް ގެ ނަމުން ސޮނާކްޝީ އޭނާ ސިފަކޮށްފައިވާއިރު އޭނާ ވަނީ ދެ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ސޮނާކްޝީ މިދިޔަ އަހަރު ރާއްޖެއައިސް ޗުއްޓީ ހޭދަކުރީ ޖުމެއިރާ ވިޓަވެލި ރިސޯޓުގައެވެ.

ސޮނާކްޝީ ސްކްރީނުން އެންމެ ފަހުން ފެނިގެންދިޔައީ ސަލްމާން ޚާން އާއެކު ‘ދަބަންގް 3’ އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަޖޭދޭވްގަން އާއެކު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ.

މިވަގުތުވެސް ބޮލީވުޑްގެ އެތައް ތަރިންނެއް އަންނަނީ ރާއްޖޭގެ އެކި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަމުންނެވެ.