"ޖޭ ހޯ" ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑް އެކްޓްރެސް ކަމަށްވާ ސަނާ ހާން ފިލްމު އިންޑަސްޓްރީއިން ވަކިވިތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނާކައިވެނިކޮށްފިއެވެ.

ސަނާ ކައިވެނި ކުރީ އަނަސް ސައީދު ކިޔާ މީހަކާއެވެ. ގުޖުރާތުގެ ސޫރަތުގައި ދެމީހުން ކައިވެނިކުރިއިރު ކައިވެނި ހަފްލާގެ ވީޑިއޯ އާ ފޮޓޯތަކެއް ވެސް މިހާރުވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ

އުމުރުން 33 އަހަރުގެ ސަނާ ފިލްމު އިންޑަސްޓްރީ ދޫކޮށްލުމަށް ނިންމާފައިވަނީ ދީނީ ސަބަބުތަކާ ހުރެ ކަމަށް އޭނާ ވަނީ މީގެ ކުރިން ހާމަކޮށްފައެެވެ.

"މުނިފޫހިފިލުވުމުގެ ދާއިރާގައި އަހަރެން މަސައްކަތް ކުރާތާ ވަރަށް ދުވަސްވެއްޖެ. އެއިން ލިބުނު ލޯތްބާއި މަގުބޫލުކަމަށް ޝުކުރުވެރިވަން. އެހެންނަމަވެސްރަނގަޅު ގޮތް ދަސްވެ މިހާރު ބޭނުންވަނީ ދުނިޔެއަށް ފޮނުވާފައިވާ ސަބަބުގައި ހިފައި މާތްﷲގެ ނަމުގައި ރަނގަޅު މުސްލިމަކަށް ވުމަށް،" ސަނާގެ ޕޯސްޓުގައިބުންޏެވެ.