24 Nov 2020, 08:31
ސައުދީ އަރަބިއްޔާގެ ހަމީސް މުޝައިތު ސިވިލް ހޮސްޕިޓަލްގެ ސާޖަންއަކު އޮޕަރޭޝަނެއް ކުރަން ހުއްޓާ މަރުވެއްޖެ އެވެ.
މަހުދީ އަލް އަމީރީ މަރުވީ ހާޓް އެޓޭކްއެއް ޖެހިގެންނެވެ.
މަހުދީ އޮޕަރޭޝަން ކުރަން ތައްޔާރުވަމުން ދިޔައިރުވެސް އޭނާގެ ސިއްހަތު ރަނގަޅު ނޫން ކަމަށް އޭނާއާއެކު މަސައްކަތް ކުރި އެހެން މީހުންވެސް ބުންޏެވެ. އަދި ހިތުގެ މައްސަލައެއް އުޅޭތޯ ބަލަން އިލެކްޓްރޯ ކާޑިއޯގްރާމްއެއް ހަދަންވެސް ބުންޏެވެ.
ފުރަތަަމަ އެ ޓެސްޓް ހަދަން އޭނާ ދެކޮޅު ހެދި ކަމަށާއި ނަމަވެސް ފަހުން ޓެސްޓް ހެދިކަމަށްވެސް ބުނެފައިވެ އެވެ. އަދި މަހުދީގެ ހާލު ރަނގަޅު ނޫން ނަމަވެސް އޭނާ ބޭނުންވީ އެ އޮޕަރޭޝަން ކުރަން ކަަމަށް އޭނާ މަސައްކަތް ކުރި ހޮސްޕިޓަލުން ބުންޏެވެ.
މަހުދީ މަރުވީ އެ އޮޕަޜޭޝަން ކުރިއަށް ގެންދަނިކޮށެވެ.
މަހުދީ މަރުވުމުން އޭނާ އޮޕަރޭޓް ކުރަމުން ދިޔަ ބަލި މީހާއަށް ވީގޮތެއް ހާމައެއް ނުކުރެ އެވެ.
މަހުދީގެ މަރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު އެނާއަކީ ޝަހީދެއްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެެ.