22 Jan 2012, 21:17
ތިލަފުށިން ހިލަ ބަރުކޮށްގެން މާލެ ފަޅަށް ވަންނަން އައި ދޯންޏެއް މިއަދު އިރުއޮއްސެނިކޮށް މާލޭ ހުޅުގަނގު ފާރާތު ފަރަށް އަރައިފި އެވެ.
ސަންގެ ނޫސްވެރިން އިރު އޮއްސުނު އިރު ތިން ރުއް ޕާކް ސަރަހައްދާ ދިމާލަށް ދިޔަ އިރު ވިލިނގިލީ ފެރީ ޓާމިނަލް ސަރަހައްދު ކައިރިން އައިޖީއެމްއެޗާ ދިމާލު ފަރަށް އަރާފައި ވަނީ އަލިސާފު ކިޔާ ދޯންޏެކެވެ. ނަމަވެސް އެއީ ކާކުގެ ދޯންޏެއް ކަމެއް އަދި ފަރަށް އަރާން ދިމާވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ މެރިން ޕޮލިސް އަށް އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި އެ ދޯނީގެ ވެރިފަރާތުން ޓަގެއް ހޯދައިގެން ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.