މަޝްހޫރު ނެށުންތެރިޔާ/ކޮރިއޯގްރަފަރު ޕްރަބޫ ދޭވާ ސިއްރުން ކައިވެނިކޮށްފި އެވެ.

ބޮލީވުޑް ފިލްމުތަކުން ވެސް ފެނިގެންދާ އެކްޓަރު ޕްރަބޫ ސިއްރުން ކައިވެނިކުރިކަން ފަޅާއަރުވާލީ މީޑިއާތަކެވެ. މީޑިއާތަކުން އެ ޚަބަރު ފެތުރުމާ ގުޅިގެން އެ ހަބަރު ކަށަވަރުކޮށްދިނީ ޕްރަބޫގެ ބޭބެ ރާޖޫ ސުންދަރަމް އެވެ. "މުގާބަލާ" ލަވައިން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބޫ ކައިވެނިކުރީ ފިޒިއޮތެރަޕިސްޓް ޑރ. ހިމާނީ އެވެ.

ރާޖޫ ބުނީ ކޮއްކޮ އަލުން ހަޔާތެއް ފެށުމުން ވަރަށް އުފާވާ ކަމަށާއި އަދި އެއީ އާއިލާއަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. ބައެއް ޚަބަރުތައްބުނާގޮތުގައި ޕްރަބޫ ކައިވެނިކުރީ މިދިޔަ މެއި މަހުގައެވެ. އެ ދުވަސްވަރަކީ އިންޑިއާ ލޮކްޑައުންކޮށްފައިވާ ދުވަސްވަރެއް ކަމުން އެދެމީހުންގެ ކައިވެނި ހަފްލާ ބޭއްވީޕްރަބޫ ގޭގަ އެވެ.

މީގެ ކުރިން ޕަރަބޫ ވަނީ ކައިވެންޏެއް ކޮށްފައެވެ. އެ ކައިވެންޏަށް ލިބުނު ދަރިފުޅު ވަނީ ކެންސަރު ބަލީގައި މަރުވެފަ އެވެ.