22 Nov 2020, 18:35
ކ. މާފުއްޓަށް އަރައި ފޭބުން އެޗްޕީއޭއިން މަނާކޮށްފިއެވެ.
މިއަދު 15:43 އިން ފެށިގެން މާފުށި މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެރަށަށް ޒިޔާރަތްކުރި ފަތުރުވެރިއަކު ކޮވިޑް19އަށް ޕޮޒިޓިވްވުމުންނެވެ.
އެޗްޕީއޭއިން މާފުށީ ކައުންސިލް އިދާރާއަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި އެރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.
އެ ފިޔަވަޅު އެޅީ ކޮވިޑް-19އާ ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށް އެ އެންގުމުގައިވެއެވެ.
ކޮވިޑް19އާ ގުޅިގެން މާފުށީގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެހެން އެންގުމެއް އަންގަންދެން މާފުށި އޮންނާނީ މޮނީޓަރިން ހާލަތުގަ އެވެ.