22 Nov 2020, 15:49
ރާއްޖޭގައި ކޮވިޑް19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 46 ވަނަ މީހާއެވެ.
އެޗްޕީއޭ އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 2:09 ހާއިރު މަރުވެފައިވާ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ޖުމްލަ 12،578 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. 11،559 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އެޗްޕީއޭގެ ތަފާސް ހިސާބުައް ދައްކައެވެ.