20 Nov 2020, 15:27
ދެހާހުގެ އަހަރުތަކުގައި ބޮލީވުޑްގައި މަޝްހޫރުވެގެންދިޔަ އެކްޓަރު އިމްރާން ޚާން ފިލްމު ކުޅުން ހުއްޓާލައިފި ކަމަށް ހަބަރުތައް ބުނެފިއެވެ.
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާން ފިލްމު ކުޅުން ހުއްޓާލިކަމަށް ޚަބަރުތައް ބުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަކްޝޭއޮބްރޯއީ އާ ހަވާލާދީ އެވެ.
‘އިމްރާނަކީ މިހާރު އެކްޓަރެއް ނޫން. އެއީ މިހާރު އޭނާ ވަނީ ރަސްމީކޮށް ފިލްމުކުޅުން ހުއްޓާލާފައި. އިމްރާން އެންމެ ޝައުގުވެރިވީ އެކްޓްކުރުމަށްވުރެ ފިލްމުތައްޑައިރެކްޓްކުރަން.’ އަކްޝޭ ބުންޏެވެ.
ޖާނޭ ތޫ ޔާ ޖާނެ ނާ އިން ބޮލީވުޑަށް ނުކުތް އިމްރާނަކީ މަދުދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ލޯބި ހޯދާފައިޗާ ތަރިއެކެވެ. ޒުވާނުންގެ މެދުގައި ބޮޑަށްމަގްބޫލުވެގެން ދިޔަ އިމްރާން ޚާން އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ ކަންގަނާ ރަނައުތުއާއެކު "ކައްޓީ ބައްޓީ" އިންނެވެ.