17 Nov 2020, 10:44
ރާއްޖޭގެ މިނިވަންކަން ދެމިއޮތުމުގެ އަސްލަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައިފައެވެ.
" ރާއްޖެ މިނިވަން ގައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޓްވީޓުގައި އިސްލާމް އިސްލާމްދީނުގެ ނޫރު އަބަދަށް މި ދިވެހި ފަސްގަނޑުގައި ދެމެހެއްޓެވުމަށް އެދި ދުއާ ދަންނަވާފައި ވެއެވެ.
ރަބީއުލްއާޚިރު މަހުގެ ދެ ވަނަ ދުވަސް ފާހަގަ ކުރަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައެވެ.