17 Nov 2020, 07:59
މިފެށޭ ކްރިސްމަސްގެ ކުރިން ފައިޒާއިން ކޮވިޑަށް އުފެއްދި ވެކްސިން ދޭން ފެށޭނެކަމަށް ބެލެވޭކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.
ފައިޒާއާއި ބިއޯންޓެކް ގުޅިގެން ކޮވިޑަށް އުފެއްދި ވެކްސިން 90 ޕަސެންޓް ކާމިޔާބުކަމަށް ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން ފައިޒާއާ ގުޅިގެން މިހާރު މަސައްކަތް ކުރަމުން މިދަނީ.، ވެކްސިން ލިބުނުހާ އަވަހަކަށް ތައްޔާރުވާނަން ޑިސެމްބަރު އެކަކުން ފެށިގެން. ބޮޑަށް ބެެލެވެނީ އަންނަ ކްރިސްމަސްގެ ކުރިން ވެކްސިން ދޭން ފަށަން" އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު މެޓް ހެންކޮކް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން މިހާރު ވަނީ ފައިޒާ ވެކްސިންގެ 40 މިލިއަން ޑޯޒަށް އޯޑަރުވެސްކޮށްފަ އެވެ.
އޭގެ އިތުރުން އޮކްސްފޯޑް ޔުނިވާސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާ ވެކްސިނަށްވެސް އިނގިރޭސިވިލާތުން އޯޑަރު ދީފައިވެ އެވެ.
ކޮވިޑާ ދެކޮޅަށް ދުނިޔޭގެ އެކި ކުންފުނިތަކުން ވަނީ ވެކްސިން އުފައްދައި ތަހުލީލްތައް ކުރަމުންނެވެެ. ރަޝިއާއިން އުފެއްދި ވެކްސިން 92 ޕަސެންޓް ކާމިޔާބުކަަމަށް ބުނެފައިވާއިރު މޮޑާނާއިން ކޮވިޑަށް އުފެއްދި ވެކްސިން 95 ޕަސެންޓް ކާމިޔާބުކަމަށް ވަނީ ބުނެފަ އެވެ.-- ރޮއިޓާސް