ޖީ ސިކްސް ކެފޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު ޖީ ސިކްސް ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި މީހެއްގެ މޫނު ފިހިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މާބޮޑު ގެއްލުމެއް އޭނާއަށް ނުލިބޭ ކަމަށާއި އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ބަލަމުންދާ ކަމަށެވެ.

ޖީ ސިކްސް ކެފޭއިން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކެފޭގެ ބަނދިގޭގައި ހުރި ގޭސް ފުޅިން ގޭސް ލީކުވެގެން ކަމަށެވެ. ހާދިސާގައި ކެފޭއަކަށް ގެއްލުމެއް ނުލިބެ އެވެ.