15 Nov 2020, 20:26
ހުޅުމާލެ ދެވަނަ ފޭސްގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މާދަމާ އިން ފެށިގެން މިމަހުގެ 18 ގެ ނިޔަލަށް ކުރިއަށްގެންދާ "ސްމޯލް ޓީމް އެކްސަސައިޒް 2020" ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވެސްހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފޭސްގެ އިތުރުން ޅ. މާފިލާފުއްޓާއި ކ. ގިރިފުށި އަދި ސ. ގަމުގައިވެސް ގޮވާތަކެއްޗާއި ހަތިޔާރާއެކު އަސްކަރީ ތަމްރީނުތަކެއް ކުރުއަށް ގެންދަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ