ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު އާ ފިލްމެއް އިއުލާންކޮށްފިއެވެ.

އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލާ ދިމާކޮށް އަކްޝޭ މިފަހަރު އިއުލާންކުރީ އޭނާ ލީޑު ރޯލު ކުޅޭ "ރާމް ސެޓޫ" ނަމަކަށް ކިޔާ ފިލްމެކެވެ. ފިލްމުގެ ދެ ޕޯސްޓަރެއް މިހާރު އާންމުކޮށްފައިވާއިރު އެއް ޕޯސްޓަރު ތައްޔާރުކޮށްފައި ހުރީ ހިންދީ ބަހުންނެވެ. އަނެއް ޕޯސްޓަރު ތައްޔާރުކުރީ އިނގިރޭސިންނެވެ.

ޒޯޔާ ފެކްޓާ ފަދަ ފިލްމުތައް ޑައިރެކްޓްކުރި ކުޅަދާނަ ޑައިރެކްޓަރު އަބީޝޭކް ޝަރްމާ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. އަދި ފިލްމުން ފެނިގެންދާނީ ކޮން ކޮން ތަރިންނެއް ކަމެއް ވެސް ހާމަކޮށްފައެއްނުވެއެވެ.

އަކްޝޭ ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ ކްރިތީ ސެނަން އާއެކު ފެނިގެންދާ "ބައްޗަން ޕާންޑޭ" ގެ ޝޫޓިންއެވެ. ޖަނަވަރީ މަހު ޝޫޓިން ފަށާ އެ ފިލްމަކީ އަކްޝޭ އާ ފިލްމެއް އިއުލާންކޮށްފި