15 Nov 2020, 13:15
ވިހި ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.
އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި ފަސް ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތެވެ. ހައުސިން މިނިސްޓްރީއިން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާ މަޝްރޫއު 18 މަސް ދުވަސްތެރޭ ނިންމަން ޖެހެ އެވެ. އަދި ފެނުގެ ނިޒާމުގެ މަސައްކަތް 15 މަސްދުވަސް ތެރޭ ނިންމަން ޖެހެ އެވެ.
އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 1.31 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.
ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހަވާލުކުރި ރަށްތަކަކީ؛
އއ. ފެރިދޫގެ ފެނާއި ނަރުދަމާ: 69.33 މިލިއަން ރުފިޔާ
- އއ. ހިމަންދޫގެ ފެނާއި ނަރުދަމާ: 65.83 މިލިއަން ރުފިޔާ
- ބ. ކަމަދޫގެ ފެނާއި ނަރުދަމާ: 56.66 މިލިއަން ރުފިޔާ
- ބ. މާޅޮހުގެ ފެނާއި ނަރުދަމާ: 60.45 މިލިއަން ރުފިޔާ
- ހއ. މާރަންދޫގެ ފެނާއި ނަރުދަމާ: 72.81 މިލިއަން ރުފިޔާ
- ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ: 76.45 މިލިއަން ރުފިޔާ
- ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ: 78.92 މިލިއަން ރުފިޔާ
- ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ: 69.14 މިލިއަން ރުފިޔާ
- ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ: 102.17 މިލިއަން ރުފިޔާ
- ށ. ގޮއިދޫގެ ފެނާއި ނަރުދަމާ: 86.05 މިލިއަން ރުފިޔާ
- ނ. މާފަރުގެ ފެނާއި ނަރުދަމާ: 94.42 މިލިއަން ރުފިޔާ
- ނ. ފޮއްދޫގެ ފެނާއި ނަރުދަމާ: 58.15 މިލިއަން ރުފިޔާ
- ރ. ފައިނުގެ ފެނާއި ނަރުދަމާ: 63.34 މިލިއަން ރުފިޔާ
- ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ: 80.08 މިލިއަން ރުފިޔާ
- އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާ: 45.12 މިލިއަން ރުފިޔާ
- އއ. މަތިވެރީގެ ފެނުގެ ނިޒާމް: 38.83 މިލިއަން ރުފިޔާ
- ހއ. މުރައިދޫގެ ފެނުގެ ނިޒާމް: 46.85 މިލިއަން ރުފިޔާ
- ށ. ފީވަކުގެ ފެނުގެ ނިޒާމް: 49.60 މިލިއަން ރުފިޔާ
- ނ. ހެނބަދޫގެ ފެނުގެ ނިޒާމް: 41.36 މިލިއަން ރުފިޔާ
- ރ. އިންނަމާދޫގެ ފެނުގެ ނިޒާމް: 50.77 މިލިއަން ރުފިޔާ
އެ މަޝްރޫއުތައް ހިންގަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެކަންކަން ކުރުމަށެވެ.