ކޮވިޑް ޖެހިގެން ރާއްޖެއިން 42 ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު މަރުވީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އުމުރުން 45 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ޖެހިގެން މީހަކު މަރުވެފައި ވަނީ އެޕްރީލް 30ގަ އެވެ. މިހާތަނަށް ކޮވިޑް-19އަށް ޖުމްލަ 12،112 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 11،244 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 820 މީހެކެވެ.