13 Nov 2020, 22:33
ކައިވެނީގެ ހަފްލާއެއްގެ ތެރެއިން ސަޕްރައިޒެއްގެ ގޮތުގައި މާލޭގައި ހަވާ އަރުވައިފި އެވެ.
މިރޭ 20:00 އެހާކަންހާއިރު އިއްޒުއްދީން ފާލަމާ ދިމާލުން ކަނޑުން ސިފައިން ވަނީ ހަވާ އަރުވާފަ އެވެ.
އެމްއެންޑީއެފްއިން ކުރިން ބުނެފައިވާ ގޮތުން މިއީ، ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯއިން ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ކޮށްދިން ކަމެކެވެ.
އެނގިފައިވާ ގޮތުގައި ހަވާ އަރުވާފައި ވަނީ ސޯލްޓް ރެސްޓޯރެންޓުގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގެ ތެރެއިން ކައިވެނި ކުރި ދެމަފިރިންނަށް ސަޕްރައިޒެއްގެ ގޮތުގަ އެވެ.
ހަވާ އެރުވި އިރު ގިނަ އާންމުން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވެ އެ މަންޒަރު ބަލާފަ އެވެ.