ރާއްޖެއިން މިއަދު ނެގި 1،256 ސާމްޕަލުން 27 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހީންނާއި 10 ބިދޭސީންނެވެ. މިއަދު މާލެ ސަރަހައްދުން 24 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅުތެރެއިން ޕޮޒިޓިވްވީ ތިން މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 12،112 އަށް އަރައިފައެވެ. އޭގެ ތެރެއިން 11،244 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 820 މީހެކެވެ. ބަލީގައި ރާއްޖެއިން 41 މީހަކު ވަނީ މަރުވެފަ އެވެ.

މިވަގުތު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށާއި، 25 ރިސޯޓުގައި ބަލީގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި 55 ފަތުރުވެރިންނާއި 133 ރިސޯޓު މުވައްޒަފުން ހިމެނެއެވެ.