14 Nov 2020, 09:47
ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން ފިލްމު ކުޅެދޭ އަގު ވަރަށް ބޮޑުތަން މައްޗަށް ޖައްސާލައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އާންމުގޮތެއްގައި ސައިފް ފިލްމެއް ކުޅެދީ އުޅެނީ ތިނެއް ނުވަތަ ހަތަރު ކުރޯޑު ރުޕީސްއެވެ. ނަމަވެސް ދެން ސައިފް ފިލްމެއް ކުޅެދޭނީ 11 ކުރޯޑަށް ކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެއެވެ. މިކަން މިހެން ވެއްޖެނަމަ މިއީ ސައިފް ފިލްމު ކުޅެދިން އަގަށްވުރެ ތިން ގުނަ ބޮޑު އަދަދެކެވެ. އަދި ސައިފްގެ ފިލްމެއް ޑިޖިޓަލްކޮށް ރިލީޒްކުރާކަމަށްވާނަމަ 11 ކުރޯޑަށްވުރެ ބޮޑު އަގަކަށް ނޫނީ އެ ފިލްމު ނުކުޅެދޭނެކަމަށް ސައިފް ނިންމާފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
މި އަހަރުވެސް އޭނާގެ ތިން ފިލްމެއް ރިލީޒްކުރިއިރު މިހާރުވެސް ސައިފް އަންނަނީ ފިލްމެއްގެ ޝޫޓެއް ކުރަމުންނެވެ. ވަރުގަދަ ކާސްޓަކާއެކު ސައިފް ފެނިގެންދާ "ބޫތު ޕޮލިސް" އަކީ ބިރުވެރި ފިލްމެއްގައި ސައިފް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރާނީ މުކަރްޖީ އާއެކު ކުޅުނު ފިލްމު "ބަންޓީ އޯރް ބަބްލީ 2" އިންނެވެ. އޭނާ ކުޅެން ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "އަދިޕުރުޝް" އަދި "ގޯ ގޯއާ ގޯން 2" ހިމެނެއެވެ.