ވޮޝިންޓަން (ނޮވެމްބަރު 11) : އެމެރިކާގެ ފައިޒާPfizerކުންފުންޏާއި ޖަރުމަނުގެ ބައޯއެންޓެކްBioNTechކުންފުނި ގުޅިގެން އުފެއްދި ކޮވިޑް-19 އަށް ބޮޑު ޔަގީންކަމެއް ލިބި އޭގެ ތަޖްރިބާގެ ތިންވަނަ މަރުހަލާ ނިމިފައިވީނަމަވެސް އެ ވެކްސިން އަށް މައިގަނޑު ދެ ގޮންޖެހުމެއް ކުރިމަތިވާ ކަމަށް ސައެންސްވެރިން ބުނެފިއެވެ.

ފައިޒާ ވެކްސިންއަށް ކުރިމަތިވާ ފުރަތަމަ ގޮންޖެހުން

ގިނަ އަދަދެއްގެ ސައެންޓިސްޓުންނާ ހަވާލާދީ ފަރަންސޭސިވިލާތުގެ މަޝްހޫރު ނޫހެއްކަމަށްވާ "ލަނޮއުވެލް އޮބްސަވޭޓާ" ބުނާގޮތުން ފައިޒާ ވެކްސިންއަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ އެވެކްސިން އަބަދުވެސް ބަހައްޓަންޖެހޭ "ޑްރައި އައިސް އާއި ސްޕާ ފްރީޒިން"ގެ ޚާއްސަ ހާލަތެވެ. މިހާލަތުގައި ނޫންގޮތަކަށް ކުޑަވަގުތުކޮޅެއްގައި ނަމަވެސް ބަހައްޓައިފި ނަމަ ފައިޒާ ވެކްސިން އެދެވޭ ގޮތުގައި މަސައްކަތް ނުކުރާ ކަމަށްވެ އެވެ. ގިނަ ހޮސްޕިޓަލްތަކަކީ ހިކި އައިސްއާއި އާދަޔާ ޚިލާފު ފިނިކަން ހުންނަ ޓެކްނޮލޮޖީގެ ރެފްރިޖަރޭޓަރު ނެތް ހޮސްޕިޓަލުތަށް ކަމުން މިވެކްސިން ގެންގުޅުން މިވަނީ މިވަގުތަށް ދަތި ކަމަކަށްވެފަ އެވެ. ފައިޒާ ވެކްސިން ރައްކާކުރުމަށް ފިނީގެ މިފަދަ ޚާއްސަ ހާލަތެއް ބޭނުންވަނީ އޭގައި mRNA ޑީއެންއޭގެ މެސެންޖާ އެއް ހުންނާތީ އެވެ.

ދެވަނަ ގޮންޖެހުން

ފައިޒާ ވެކްސިން އަށް ކުރިމަތިވާ އަނެއް މައްސަލައަކީ އެ ވެކްސިން އުފައްދަންޖެހޭގޮތް މިވަގުތަށް އަދި އުނދަނގޫކަމެވެ. ވެކްސިން އުފެއްދުމަށް ގިނަ ވަގުތު ނެގުމެވެ. މިކަމަށް ހައްލެއް ހޯދުމަށް އަދި ތިން މަހެއްހާ ދުވަސް ނަގާނެއެވެ. ވެކްސިން އުފެއްދުން އަވަސްކުރުމަށް އައު ޓެކްނޮލޮޖީއެއް ތަޖްރިބާ ކުރަމުން ގެންދާކަމަށް ފައިޒާ ކުންފުނިން ބުނެއެވެ.

ފައިޒާ މަސައްކަތް ކުރަނީ ޑިސެމްބަރުގެ ނިޔަލަށް 30 މިލިޔަން ޑޯޒު ބާޒާރަށް ނެރުމަށް

ފައިޒާ ކުންފުނި ބުނާ ގޮތުން އެކުންފުނިން ރެއާދުވާލު މަސައްކަތް ކުރަމުން ގެންދަނީ މި ވެކްސިންގެ މަދުވެގެން 30 މިލިޔަން ޑޯޒު މިއަހަރު ނިމުމުގެ ކުރިން އުފައްދައި ބާޒާރަށް ނެރުމަށެވެ. ނަމަވެސް މިއީ ދުނިޔެއަށް ކޮވިޑް ވެކްސިން ބޭނުންވެފައިވާ މިންވަރާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.

ވެކްސިންގެ ޖެނެޓިކް ކޯ ހޯދީ ޖަރުމަނުގެ މުސްލިމް ދެ ސައެންޓިސްޓުން

ސައިންސްވެރިންގެ ތައުރީފް ލިބެމުންއަންނަ މިވެކްސިން އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ޖަރުމަނުގެ މުސްލިމް ދެމަފިރިން ކަމަށްވާ އުގޫރު ޝާހީން އާއި އޮޒްލެމް ތްރީސީއެވެ. ވެކްސިންގެ ޖެނެޓިކް ކޯ ދެނެގަތުމަށްކުރި އުނދަނގޫ ދިރާސާ ކާމިޔާބުކުރި މުސްލިމް މި ދެމަފިރިންނަކީ ދެ ސައެންޓިސްޓުންނެވެ.

ކޮވިޑް ވެކްސިންގެ ޖެނެޓިކް ކޯ ހޯދި ޖަރުމަނުގެ މުސްލިމް ދެ ސައެންޓިސްޓުން

ފައިޒާ އާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި މި ވެކްސިން ކާމިޔާބުކަން ކަށަވަރުވުމާ އެކު ދުނިޔޭގެ ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ހިއްސާގެ އަގުމިހާރު ވަނީ ހަތަރު ބިލިއަން ޑޮލަރުން 25 ބިލިއަން ޑޮލަރަށް މައްޗަށް ޖެހިލާފަ އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން ގެ ހުއްދަ މިމަހު ލިބޭނެ

ފައިޒާ ކުންފުނި ބުނާގޮތުން އެ ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ މި ނޮވެމްބަރު މަހުގެ ތިން ވަނަ ހަފްތާގައި އެމެރިކާގެ ރަސްމީ ފަރާތްތަކުން ދޭނެކަމުގެ ޔަގީންކަން އެބައޮތެވެ. ހުއްދަ ދިނުމަށްޓަކައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ގެންދަނީ ފައިޒާ ވެކްސިން އިންސާނުންގެ ހަށިގަނޑަށް ސަލާމަތްތެރިކަން ދޭ މިންވަރު ބަލައި ދިރާސާ ކުރަމުންނެވެ. ނަމަވެސް ވެކްސިންއަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަދޭނީ ހަރުކަށި ޝަރުތުތަކާއެކުގައިކަމަށް ވަނީ ބެލެވިފަ އެވެ.

ވައިޒާ ވެކްސިން އިން ކޮވިޑްއިން ސަލާމަތްވާނެކަމުގެ 90 އިންސައްތައިގެ ގެރެންޓީ

ވައިޒާ ވެކްސިން ޖެހުމުން ކޮވިޑް-19 އިން ސަލާމަތްވާނެ ކަމުގެ 90 އިންސައްތައިގެ ގެރެންޓީއެއް އިންސާނާގެ ހަށިގަނޑަށް ލިބޭކަން މިޙާރުވަނީ އިލްމީގޮތުން ޔަގީން ކުރެވިފައިވާއިރު އެމެރިކާއާއި ޔޫރަޕްގައި އެންމެ ފުރަތަމަ އާންމުންގެ ގަޔަށްޖަހަންފަށާނެ ވެކްސިންއަކީ ފައިޒާ ވެކްސިންކަމަށްވަނީ ބެލެވިފަ އެވެ.

ފައިޒާ ވެކްސިން އިން އިމިއުނިޓީ ލިބޭނެ މުއްދަތު އަދި ނޭނގޭ

ފައިޒާ ވެކްސިން ކާމިޔާބުކަން ކަށަވަރުވެފައިވީ ނަމަވެސް މި ވެކްސިން ޖެހުމުން ހަށިިގަޑަށް އިމިއުނިޓީ ލިބޭނެ މުއްދަތެއް އަދި ނޭނގެ އެވެ. ވެކްސިންގެ ބާރު ހުންނާނީ ކިހާމުއްދަތަކަށް ކަމާއި ކޮވިޑްއިން ރައްކާތެރިވުމަށްޓަކައި އަހަރަކު ވެކްސިން ޖަހަން ޖޭހޭނީ އެއްފަހަރުކަން ނުވަތަ ދެފަހަރުކަން އަދި އިލްމީގޮތުން ސާފެއްނުވެ އެވެ. އެއްއަހަރަށް ރައްކާތެރިކަން ލިބޭނަމަ އެއީ ރަނގަނޅު މުއްދަތެއްކަމަށް ސައެންސްވެރިން ބުނެ އެވެ.

މުސްކުޅިންނާއި ކުޑަކުދިންނާ އަދި ބަލިމީހުންނަށްވެސް ރައްކާތެރި

މިވެކްސިންގެ ރަނގަނޅު ކަމަކީ މުސްކުޅިންނާއި ކުޑަކުދިންނަށްވެސް ރައްކާތެރިކަން ލިބޭކަން ކަށަވަރުވެފައިވުމެވެ. އަދި ކެންސަރާއި ހަކުރުބައްޔާއި ހިތުގެ ބައްޔާއި އެނޫން ތަފާތު ބަލިތަކުގެ މީހުންނަށް ވެކްސިންގެ ސަބަބުން އިތުރު ގެއްލުމެއް ނުލިބޭނެކަން ވަނީ ކަށަވަރު ކުރެވިފައެވެ.

(ލަނޮއުވެލް އޮބްޒަވޭޓާ+ ފޮރިން ޕޮލިސީ)