އިންޓެލިޖެންސް ފުލުހުންނަށް ހެދިގެން މާލޭގެ ގެސްޓު ހައުސްއަކަށް ވަދެ އެތަނުގެ ބައެއް ތަކެތި ފޭރިގެންފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި މަޖީދީމަގު ފަރިވާ ސްޓޭ 3 ގެސްޓު ހައުސްއަށް މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސް އިން ކަމަށް ބުނެ އެތަނުގެ ތިން މުވައްޒަފަކު ކްލިޕް އަޅުވައި ބަނދެފައިވާ ކަމަށެވެ.

އަދި އެއަށްފަހު އެތަނުގެ ބައެއް ތަކެތި ފޭރިގެން ގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.