މަޝްހޫރު އެކްޓަރު އާމިރު ޚާން އާއި ކަރީނާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ލާލް ސިންހް ޗައްޑާ"ގައި ޝާހްރުކްޚާން ގެ ހާއްސަ ފެނިލުމެއް ހިމެނޭނެކަމަށް ހަބަރުތައް ބުނެފި އެވެ.

އާމިރު އާއި ޝާހްރުކް އެކުގައި އެ ހާއްސަ ފެނިލުމަކުން ފެނިގެންދާނަމަ މި ފިލްމުވެގެންދާނީ ޝާހު އާއި އާމިރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ދެ ލެޖެެންޑުން އެކުގައި ފިލްމަކުން ފެނިގެންދާކަން ހާމަކުރުމާ ގުޅިގެން މި ފިލްމު ބެލުމަށް ގިނަ ބަޔަކު އިންތިޒާރުކުރާނެ އެވެ. ހަމަގައިމުވެސް މި ފިލްމު ވަރަށް ހާއްސަވެގެންދާނެ އެވެ. ދެތަރިން އެކުގައި ފެނިގެންދާ މަންޒަރު މިހާރު ޝޫޓްކޮށް ނިންމާލިއިރު އެ މަންޒަރު ޑައިރެކްޓަރުކުރީ އާމިރުޚާން އެވެ.

މި ފިލްމަކީ ހޮލީވުޑްގެ ޑައިރެކްޓަރު ޓޮމް ހޭންކް ގެނެސްދިން "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެކެވެ. ލާލް ސިންހް ޗައްޑާ ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25ގަ އެވެ.

ލާލް ސިންގް ޗައްޑާ އަކީ އާމިރު އާއި ކަރީނާ އެކުގައި ކުޅޭ ތިން ވަނަ ފިލްމެވެ. ދެތަރިން އެންމެ ފުރަތަމަ ސްކްރީނުން ފެނިގެން ދިޔައީ "ތްރީ އީޑިއަޓްސް" އިންނެވެ. އެއަށް ފަހު ދެތަރިން އެކުގައި "ތަލާޝް" ކުޅުނެވެ.