މިއަދު 29 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި މިއަދު ޕޮސިޓިވްވި 29 މީހުންނަކީ 17 ދިވެހީންނާއި 12 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. ބާކީ ހަތް މީހުންނަކީ އެހެނިހެން ސަރަހައްދުތަކުން ޕޮޒިޓިވްވި މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 812 މީހުންނެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 12،059 އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19އިން ރަނގަޅުވީ 17 މީހުންނެވެ. އެއާއެކު ރަނގަޅުވި މީހުންގެ އަދަދު ވަނީ 11،199އަށް އަރާފަ އެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 222 މީހުންނެވެ. 49 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދެ އެވެ.