ހަރުކަށި ފިކުރުގެ ބަޔަކު ހިންގަން އުޅުނު ޓެރަރިޒަމްގެ އަމަަލެއް ހުއްޓުވައި ފުލުހުން ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ހިންގަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް، ރާވަމުން ދިޔައީ ކޮން ކަހަލަ ޓެރަރިޒަމްގެ އަމަލެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ އޮޕަރޭޝަންގައި މާލެއިން އެކަކު، ކަނޑުމަތީގައި އޮތް ދޯންޏަކުން މީހަކު އަދި ތ. ތިމަރަފުށިން ވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެކަމަށް ފުލުހުން ބުންޏެވެ.