21 Jan 2012, 18:03
ސުޕްރީމް ކޯޓުން ކުރަށްވާފައިވާ އަމުރަކީ އާއްމު އެންގެވުމެއް ކަމަށާއި އަމުރުގައި ބަޔާން ކުރަށްވާ ފަދަ ހާލަތްތަކަށް މޭރުންވާ ގޮތަކަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުހުންނާނެ ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވީ ސަރުކާރު އެއީ ހަސްމެއް ގޮތުގައި ނުހިމަނުއްވައި އުއްތަމަ ފަނޑިޔާރު ކުރައްވާފައިވާ އަމުރެއްގައި ވަކި ފަރުދެއްގެ ނަން ލިޔެވެފައި އޮތަސް މުޅިއަމަރަކީ އާއްމު އެންގެވުމެއް ކަމަށެވެ.
"އެހެންކަމުން ވަކިފަރުދެއްގެ ނަން ލިޔެފައި އޮތަސް އެފާހަގަކުރަށް ވަނީ އެމީހަކީ ކޮންމެހެން އޭނަ އެއީ އޭނާކަމަށް ވާތީ ނޫންކަމަށާއި އެއީ މުޅި ދައުލަތަށް އާއްމު އަމުރެއްކަމުން އެވިދާޅުވަނީ އަމުރުގައި ބަޔާން ކުރަށްވަފައިވާ ހާލަތްތަކަށް މޭރުންވާ ގޮތްތަކުގެ މަތިން ހައްޔަރުކޮށްފައިވާ މީހަކު ހުރި ނަމަ އެމީހާ ދޫކޮށްލަން ކަން އެނގޭ.،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
ޝަރުއީ ނިޒާމުގެ ބޭރުން މީހުން ހިފައި ހައްޔަރު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން ތަބާވަން ޖެހޭނެ ކަމަށް ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅު ވިދާޅުމަށް ރައްދުދެއްވައި ޒުހައިރު ވިދާޅުވީ އެއީ ވާދަވެރިކަމުގެ އޮޅިވަޑައިގަތުމެއް ކަމަށެވެ.