ރާއްޖެއިން މިއަދު ނެގި 1،492 ސާމްޕަލުން 21 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެހީންނާއި ހަތް ބިދޭސީންނެވެ. މިއަދު މާލެ ސަރަހައްދުން 15 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅުތެރެއިން ޕޮޒިޓިވްވީ ހަ މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 12030 އަށް އަރައިފައެވެ.

އޭގެ ތެރެއިން 11،182 މީހަކު ރަނގަޅުވެފައި ވާއިރު، މިއަދު 50 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 800 މީހެކެވެ. ބަލީގައި ރާއްޖެއިން 41 މީހަކު ވަނީ މަރުވެފަ އެވެ.

މިވަގުތު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 13 ރަށާއި، 26 ރިސޯޓުގައި ބަލީގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި 54 ފަތުރުވެރިންނާއި 140 ރިސޯޓު މުވައްޒަފުން ހިމެނެއެވެ.